އެގޮތުން ކުޅުދުއްފުށީގައި އީދު ފާހަގަކުރުމަށް "ކައިޓް ބޯޑިން ކުޅުދުއްފުށި" އިން ރާވައިގެން ލައިވް އިވެންޓެއް ބާއްވާފައިވާއިރު، މި ހަރަކާތް ބޭއްވީ މޫދުގައެވެ.
ކުުދުއްފުށީގެ އުތުރު ފަރާތުގައިވާ މޫދުގައި މި ހަރަކާތް ބާއްވާފައިވާއިރު، މި އިވެންޓުގައި 10 ސާފަރުން ވަނީ އެމީހުންގެ ސާފްކުރުމުގެ ހުނަރު އެރަށު ރައްޔިތުންނަށް ދައްކާލާފައެވެ.
ރޭގެ ވަގުތެއްގައި މި ހަރަކާތް ބާއްވާފައިވާއިރު، ސާފަރުންގެ ހުނަރު ދައްކައިލީ އެމީހުންގެ ގައިގައި ލައިޓް އަޅައިގެންނެވެ.
ކޮވިޑާއި ގުޅިގެން އެއްވެ އުޅޭ ކުޅިވަރުތައް ނުކުޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފައިވާއިރު، އީދުގެ ކުޅިވަރުތަކުގެ ތެރެއިން މިފަދަ ހަރަކާތެއް ބަލައިލަން ލިބުމަކީ ގިނަ ބަޔަކަށް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އީދު ފާހަގަކޮށްލެވޭނެ ފުރުސަތެއް ލިބިގެންދިޔަ ކަމެކެވެ.