ads
އައްޑޫ ސިޓީ ހިތަދޫ---
ހިތަދޫ ގެއަކަށްފެނަވަންނާތީ އެމްއެންޑީއެފްއިން އެހީފޯރުކޮއަދީފި
ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ، ގެއަކަށް ފެންވަންނާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮއްދީފިއެވެ.

ސ.ހިތަދޫ ގެއަކަށް ފެންވަންނަކަމުގެ މައުލޫމާތު މިއަދު ހަވީރު 16:45 ހާއިރު އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް ލިބިފައިކަމަށާއި، މައުލޫމާތު ލިބުމާއިއެކު ސިފައިން އެ ގެއަށްގޮސް އެގެއަށް ފެންވަނަ ނުދިނުމަށްޓަކައި އެގޭގައި ވެލިބަސްތާ ޖެހުމުގެ މަސައަކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދު މެންދުރުފަހު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ސ.ހިތަދޫގައި ހަވީރު 15:41 ހާއިރު  ގެއެއްގެ ފުރާޅުއެއްލާލައި އެގެއަށް ފެންވަންނަ ކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފުންވަނީ އެހީތެރިކަަން ފޯރުކޮއްދީފައިވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވެއެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެނިހެން ހިސާބުތަކަށް ދެކުނާއި ހުޅަގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާއިދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމުނުގައި ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުންފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް