ads
ނ. ވެލިދޫ--
ފުލުހުުން ސައިކަލެއް ޓޯކުރަނިކޮށް ކުޑަކުއްޖަކަށް އަނިޔާވި މައްސަލައެއް ފެންމަތިވެއްޖެ
ނ. ވެލިދޫގައި ފުލުހުން ސައިކަލެއް ޓޯ ކުރަން އުޅުމުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގާދިޔަ ގޮތް ކިޔައިދެމުން ކުޑަކުއްޖާގެ ބައްޕަ ސީއެންއެމްއަށް ބުނީ ސައިކަލު ޓޯ ކުރަން ޖެހުނީ ކުއްޖާގެ މަންމަ އާއި ބައްޕަގެ އިތުރުން ކުއްޖާ އަރުވައިގެން ޓްރިޕަލް ސީޓްކޮށްގެން ސައިކަލު ދުއްވުމުން ކަމަށެވެ. އަދި ސައިކަލު ޓޯކުރުމަކުން މައްސަލައެއް ނެތް ކަމަށާއި މައްސަލައަކަށްވީ ކުޑަކުއްޖާއަށް އަނިޔާވާ ގޮތަށް އެކަން ކުރުމުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފުލުހުން އައި ސައިކަލު ޓޯ ކުރަން އުޅުމުން ތުއްތު ކުއްޖާ އެ ސައިކަލަކީ "ބައްޕި ސައިކަލެއް" ކަމަށް ބުނެ ރޮމުންދިޔަ ކަމަށެވެ. އަދި ސައިކަލުގައި ހިފަހައްޓައިގެން ހުރެ ރޮމުންދިޔަ ކަމަށާއި ނަމަވެސް ފުލުހުން ސައިކަލަށް އަރައިގެން ދުއްވާލީ ކުއްޖާ ހުރި ހާލެއް ވެސް ބަލާ ނުލާ ކަމަށެވެ. 

ކުއްޖާ އެވަގުތު ސައިކަލު ފަހަތުގައި ހިފަހައްޓައިގެން ހުރުމުން، ސައިކަލުން ކުޑަކުއްޖާގެ މޫނުގައި ޖެހި ވަނީ އަނިޔާވެފައެވެ. ނަމަވެސް އެހިސާބުން ވެސް ކުއްޖާއަށް އަނިޔާވިތޯ ވެސް ނުވޭތޯ ވެސް ފުލުހުން ބަލާފައިނުވާ ކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.

ކުއްޖާގެ ބައްޕަ ބުނީ މިހާރު އެ މައްސަލަ ޖެންޑާއަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށާއި ޖެންޑާއިން ނޫނު އަތޮޅުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފައެވެ.

0%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް