ads
ޓޯކިޔޯ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުލަގަދަ އިވެންޓަކުން އޮލިމްޕިކްސް ފަށައިފި
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، އޮލިމްޕިކް ގޭމްސް ޖަޕާނުގެ ޓޯކިއޯގައި ކުލަގަދަ އިވެންޓަކާ އެކު ފަށައިފިއެވެ. މިއީ މިދިޔަ އަހަރު ބާއްވަން އޮތް އޮލިމްޕިކް ގޭމްސްއެވެ. އެހެންނަމަވެސް ކޮވިޑާ ހެދި އޮލިމްޕިކްސް ފަސްކުރަން މަޖުބޫރުވީއެވެ.

ދުވިސައްތައަށްވުރެ ގިނަ ގައުމުން އެގާރަ ހާހަށްވުރެ ގިނަ އެތްލީޓުން އެކި ކުޅިވަރުތަކުން ވާދަކުރާ އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެ ރޭ އޮތްނަމަވެސް ބައެއް ކުޅިވަރުތައްވަނީ ކުރިން ފެށިފައެވެ. ޖަޕާނުގެ ސަގާފީ ހަރަކާތްތަކާ އެކު ފެށިގެން ދިޔަ ގޭމްސްގައި، އޮލިމްޕިކްސް ދަންމަރު ރޯކޮށްދިނީ ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާއެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ދިވެހިރާއްޖޭން ތިން ކުޅިވަރަކުން ހަތަރު އެތްލީޓަކު ވާދަކުރާނެއެވެ. ރާއްޖޭން ވާދަކުރާނީ ސްވިމިން، އެތްލެޓިކްސް އަދި ބެޑްމިންޓަނުގައެވެ. ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާފައިވަނީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް އަދި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް