ads
މީރާ ރާޖްޕުތު
މީރާގެ މި ފޮޓޯ ފެނިފައި ގިނަ ބަޔަކަށް ލިބުނީ ޝޮކެއް
މަޝްހޫރު ބޮލީވުޑް ބަތަލާ ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ މީހެކެވެ.
Advertisement

މީރާ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ހިއްސާ ކުރާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ. އެގޮތުން ދާދި ފަހުން މީރާ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯ އާއިއެކު ގިނަ ބަޔަކު ހީކުރީ އޭނާ ހުރީ ތުންފަތް ސާޖަރީކޮށްގެން މުޅި މޫނުގެ ބައްޓަން ބަދަލުކޮށްފަ ކަމަށެވެ. 

ނަމަވެސް މީރާ ތުންފަތުގެ ސާޖަރީއެއް ނުކުރެއެވެ. އެއީ އިންސްޓަގްރާމް ފިލްޓާ ބޭނުންކޮށްގެން ނަގާފައި ހުރި ފޮޓޯތަކެވެ.

މީރާ ވަނީ އެއާއެކު މަޖާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ. މިދުވަސްކޮޅު މީރާ އަންނަނީ އޮންލައިންކޮށް މީހުންނަށް ޔޯގާ ދަސްކޮށްދޭ ކްލާސްތަކެއް ކުރިއަށް ގެންދަމުންނެވެ. 

މީރާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. އޭނާ ސޯޝަލް މީޑިއާ ޕޯސްޓެއް ހިއްސާ ނުކުރާ ދުވަހެއް މަދުވާނެއެވެ. 

ދާދި ފަހުން ޝާހިދުގެ މަންމަ ނީލިމާ އަޒީމް ވަނީ ޝާހިދު މީރާ ދެކެ ފުރަތަމަ ނަޒަރުން ލޯބިވާ ވާހަކަ ބުނެ ލަދުން އުޅުނު ވާހަކަ ވެސް ހިއްސާކޮށްފައެވެ.

27%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
64%
ވަރަށް ސަލާމް
ކޮމެންޓްސް