ads
އަނިޔާވި ކުޑަކުއްޖާ
ޓޯ ކުރުމުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާވި މައްސަލަ ފުލުހުން ބަލަނީ
ނ. ވެލިދޫގައި ފުލުހުން ސައިކަލެއް ޓޯކުރުމުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ ސައިކަލު ޓޯކޮށްފައިވަނީ އެއްގަމު ދަތުރު ކުރުމުގެ ގާނޫނާ ހިލާފަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ތިން އަހަރުގެ ކުޑަކުއްޖެއް އަރުވައިގެން ތިން މީހުން ސައިކަލުގައި ދިއުމުގެ ސަބަބުން ކަމަށެވެ.

ފުލުހުން ބުނީ މިކަން ހިނގާފައިވަނީ އިއްޔެ ހަވީރު 17:20 ހާއިރު ކަމަށެވެ. އަދި ސައިކަލު ޓޯކުރަން އުޅުމުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާވި ކަމަށް ބުނެ ރޭ 21:50 ހާއިރު ފުލުހުންނަށް މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

މިކަން ހިނގާދިޔަ ގޮތް ކިޔައިދެމުން ކުޑަކުއްޖާގެ ބައްޕަ ސީއެންއެމްއަށް ބުނީ ސައިކަލު ޓޯ ކުރަން ޖެހުނީ ކުއްޖާގެ މަންމަ އާއި ބައްޕަގެ އިތުރުން ކުއްޖާ އަރުވައިގެން ޓްރިޕަލް ސީޓްކޮށްގެން ސައިކަލު ދުއްވުމުން ކަމަށެވެ. އަދި ސައިކަލު ޓޯކުރުމަކުން މައްސަލައެއް ނެތް ކަމަށާއި މައްސަލައަކަށްވީ ކުޑަކުއްޖާއަށް އަނިޔާވާ ގޮތަށް އެކަން ކުރުމުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފުލުހުން އައި ސައިކަލު ޓޯ ކުރަން އުޅުމުން ތުއްތު ކުއްޖާ އެ ސައިކަލަކީ "ބައްޕި ސައިކަލެއް" ކަމަށް ބުނެ ރޮމުންދިޔަ ކަމަށެވެ. އަދި ސައިކަލުގައި ހިފަހައްޓައިގެން ހުރެ ރޮމުންދިޔަ ކަމަށާއި ނަމަވެސް ފުލުހުން ސައިކަލަށް އަރައިގެން ދުއްވާލީ ކުއްޖާ ހުރި ހާލެއް ވެސް ބަލާ ނުލާ ކަމަށެވެ. 

ކުއްޖާ އެވަގުތު ސައިކަލު ފަހަތުގައި ހިފަހައްޓައިގެން ހުރުމުން، ސައިކަލުން ކުޑަކުއްޖާގެ މޫނުގައި ޖެހި ވަނީ އަނިޔާވެފައެވެ. ނަމަވެސް އެހިސާބުން ވެސް ކުއްޖާއަށް އަނިޔާވިތޯ ވެސް ނުވޭތޯ ވެސް ފުލުހުން ބަލާފައިނުވާ ކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.

ކުއްޖާގެ ބައްޕަ ބުނީ މިހާރު އެ މައްސަލަ ޖެންޑާއަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށާއި ޖެންޑާއިން ނ. އަތޮޅުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް