ads
ގދ.ނަޑެއްލާ
ނަޑެއްލާއިން 117 މީހެއް ޕޮޒިޓިވްވެ ރަށް ބިރުވެރިކަމެއްގެ ތެރޭގައި
ގދ. ނަޑެއްލާއިން 117 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުހަންމަދު އަންޝާއު ސީއެންއެމްއަށް ވިދާޅުވީ މިހާތަނަށް 364 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 117 ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށެވެ. 

އެ ރަށުން އެންމެފުރަތަމަ ކޮވިޑް ޖެހިފައިވާ މީހަކު މި މަހުގެ 13 ވަނަ ދުވަހު ފެނުމާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންނަށް ލާފައިވާ ނަޑެއްލާގެ 40 އަށްވުރެ ގިނަ ގެ މިހާރުވަނީ ކަރަންޓީނުކޮށްފައި ކަމަށް އަންޝާއު ވިދާޅުވި އެވެ.

ނަޑެއްލާއިން އެންމެ ފުރަތަމަ ކޮވިޑު ކޭސްއެއް ފެނުނީ އުމުރު 80 އަހަރުގެ މީހަކު މާބޮޑަށް ހާލު ދެރަވުމުގެ ސަބަބުން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރިކުރުމުން ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވުއެވެ. 

ދުވަސްވީ އެމީހާ ކޮވިޑަށް ޕޮޒިޓިވްވުމުން ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް ކޮވިޑުގެ އަލާމާތްތައް ފެނުނު 10 ފަރާތެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުން އޭގެ ތެރެއިން ނުވަ މީހަކު ޕޮޒިޓިވްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޑެއްލާ އާބާދީގައި 1100 އެއްހާ މީހުން އުޅުނަސް ރަށުގައި މިހާރު އުޅެނީ ގާތްގަނޑަކަށް 700 އެއްހާ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް