ads
ރޮޒޭނާ - ފޮޓޯ: މަޖިލީސް
އަސްލު އެމްޑީޕީ މީހަކަށް ވާގޮތް ރޮޒޭއަށް ވީ ޖޯކަކަށް، ވިދާޅުވީ ވާން ބޭނުން ނޫން ކަމަށް!
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ކޮންމެ އެއްޗަކަށް އާ އެކޭ ބުނުމަކީ އަސްލު އެމްޑީޕީ މީހަކަށް ވާ ގޮތް ނަމަ އެފަދަ "އަސްލު" އެމްޑީޕީ މީހަކަށް ވާން ބޭނުންނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ، އެމްޑީޕީގައި މިހާރު އުފެދެމުންދާ ހިތްހަމަނުޖެހުންތަކަށް އޮތް ހައްލަކީ ޑިމޮކްރެޓިކް އުސޫލުން ކަންކަން ގެންދިޔުން ކަމަށް އޭނާ ވިދާޅުވުމާއި ގުޅިގެން، ކުރިމަތިވި ފާޑުކިޔުމަށް ރައްދުދެއްވަމުންނެވެ. 

ސުލަހަވެރި ސިޔާސީ ހަރަކާތްތެރިންނަށް އަނިޔާކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި ރޮޒެއިނާ ހުންނެވީ ޑިމޮކްރަސީ އިގޭވަރުން ކަމަށް ބުނެ އާމާޒުވި ފާޑުކިޔުމަށް ރައްދުދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އެފަދައިން ފާޑުކިޔާ ބޭފުޅުންނަށް އޭރު ޑީއާރްޕީގައި ތިބި ވަރަށް ގިނަ މީހުން މިހާރު ވަރަށް ކަމުދާކަމަށެވެ. 

އަދި އަސްލު އެމްޑީޕީ ވާގޮތަކީ ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާއެކޭ ބުނުން ކަމަށާއި، ކިރިޔާވެސް ކަމުނުގޮސްފިއްޔާ އެއޮތީ ޑީއާރްޕީ ވެފައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެކަން ރޮޒެއިނާ ސިފަކުރައްވަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ. 

އެހެންކަމުން މިހާރު އަސްލު އެމްޑީޕީ ވާގޮތް ވަރަށް ސާފުކަމަށާއި، އޭގެ އަސްލަކަށް ނުވިޔަސް ހެޔޮކަމަށެވެ. 

"ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާއެކޭ ބުނަންޔާ އެއޮތީ އެމްޑީޕީ ވެފަ. ކިރިޔާވެސް ކަމުނުގޮސްފިއްޔާ އެއޮތީ ޑީއާރްޕީ ވެފަ. މިއީ ބޮޑު ޖޯކެއް. އަޅުގަނޑަށް މިހާރު ވަރަށް ސާފު އަސްލު އެމްޑީޕީ ވާގޮތް. ހެޔޮ ތީގެ އަސްލަކަށް ނުވިޔަސް" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ، އެމްޑީޕީއަަކީ ވަކި މީހެއްގެ "ޕާސަނަލް ކްލަބެއް" ނަމަ މިހާރު މިވަގުތުވެސް ޕާޓީން ދުރަށް ދާނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއް ކަަން ފާހަަގަކުރަމުން، ރޮޒެއިނާ ވިދާޅުވީ، އެ ޕާޓީއަކީ މީހެއްގެ ނުވަތަ އާއިލާއެއްގެ ހަރު މުދާ ގަނޑެއް ނޫން ކަމަށެވެ. 

މައިނޯރަޓީ ޕާޓީއަކުން ސަރުކާރުން ކޮޮންޓްރޯލް ކުރަމުންދާ ކަމަށާއި، އެމްޑީޕީގެ އަސާސްތައް މުގުރާލައްވާތީ ސަރުކާރަށް ތާއިދުކުރެވެން ނެތްކަމަށް ރައީސް ނަޝީދު އިއުލާންކުރެއްވުމާއިއެކު އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ފެށިފައެވެ.

އެގޮތުން ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންނާއި، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ދަނީ ސާފުކޮށް ހާމަވަމުންނެވެ. ރައީސް ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑަށް ސަރުކާރުގެ ދިފާއުގައި ބަސް ބުނާ އެއް ބޭފުޅެއްގެ ގޮތުގައި ފެންނަނީ ރޮޒެއިނާ އެވެ. 

އެހެންނަމަވެސް އެމްޑީޕީގެ ރައީސް ނަޝީދު މިހާރު ސަރުކާރަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައިވާއިރު،، ސަރުކާރު ދިފާއު ކުރައްވާތީއާއި، ރައީސް ނަޝީދު ވިދާޅުވާ އެެއްޗެއްގެ އަސްލު މަގުސަދު ގެއްލުވާލުމުގެ ގޮތުން އެމްޑީޕީީ ބައެއް މެމްބަރުން ވާހަކަދައްކަވާ ކަމަށް ތުހުމަތުކޮށްވެސް އެއް މެމްބަރަކު އަނެއް މެމްބަަރަކަށް ދަނީ ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް