ads
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ރޭންޑަމް ސާމްޕަލް ނަގަނީ: ފޮޓޯ ހޮސްޕިޓަލް
ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިންއަށް ލައިފި
ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިން އަށްލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ސީއެންއެމް އަށް ވިދާޅުވީ އެސިޓީ އަށް އަރައި، ފޭބުން ބަންދުކުރީ އިއްޔެނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމާގުޅިގެން ކަމަށެވެ. ޕޮޒިޓިވް ވީ އުމުރުން 13 އަހަރުގެ ކުއްޖެއްގެ ސާމްޕަލްއެވެ.

"މިއަދު އިއްރުއޮއްސުނު ފަހުން ސާމްޕަލް ޕޮޒިޓިވް ވިކަން އަޅުގަނޑުމެންނަށް އެނގުނީ . އެހިސާބުން އަނެއްކާވެސް މޮނިޓަރިން އަށް ލެވިފައިވަނީ" މޭޔަރު އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެ ކޭސްއާގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެސިޓީގައި ފަށާފައިވާކަމަށެވެ. ކުޅުދުއްފުށި ދެވަނަފަހަރަށް ބަންދު މިކުރެވުނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ކަމަށް ކައުންސިލުން ބުނެއެވެ. 

އީދު ބަންދާ ގުޅިގެން އެޗްޕީއޭއިން ވަނީ ދޫތަކެއް ދީފައެވެ. އެހެންނަމަވެސް ފޯރީގައި އީދު ފާހަގަކުރާ ކުޅުދުއްފުށީ ސިޓީގައި މިފަހަރު އީދާގުޅިގެން އެއްވެސް ހަރަކާތެއް ނުބާއްވައެވެ. އާތިފް ވިދާޅުވީ މަށިމާލި، ހިއްޗަށް ވަޑައިގަތުން އަދި އެކިވައްތަރުގެ ޕެރޭޑްތައް ކޮންމެ އަހަރަކުވެސް ފާހަގަ ކުރާ ކަމަށާއި އެކަމަކު މިއަހަރު އެކަމަށް ތައްޔާރު ވެފައި، ހުއްޓާލީ ކަމަށެވެ.

"އެންމެންގެ ރައްކާތެރިކަމަށްޓަކައި ކައުންސިލުން ވިސްނާފައި އެކަންކަން ހުއްޓާލީ. ރައްޔިތުންވެސް އެކަން ގަބޫލުކުރޭ ހިތުގެއަޑިން" މޭޔަރު ވިދާޅުވިއެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ ގދ.ތިނަދޫ، ފ.ފީއަލި، ފުވައްމުލައް ސިޓީ، ގއ.ވިލިނގިލި، އއ.ތޮއްޑޫ، ރ.ދުވާފަރު، ގއ.ކޫއްޑޫ، ރ.މީދޫ، ކ.ގުރައިދޫ، ށ.ފޯކައިދޫ، ގދ.ނަޑެއްލާ، ކ.ކާށިދޫ، އއ.ރަސްދޫ، ރ.ކިނބިދޫ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް