ads
ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހުގައި މީގެ ކުރިން ހިނގި ހަމަނުޖެހުމެއްގެ ތެރެއިން
މަޖިލިސް މެމްބަރުން ކާރު ގަންނަން 33 މިލިއަން ޑޮލަރު: ޔުގަންޑާ ރައްޔިތުން ރަތައް
ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރި ހާލަތު ގޯސް ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ކާރު ގަތުމަށް 30 މިލިއަން ޑޮލަރު އެގައުމުގެ ހަވާލުކުރުމުން އެގައުމުގެ އެގައުމުގެ ގިނަ ބަޔަކު އަޑު އުފުލައިފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ 529 މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކަށް ކާރެއް ގަތުމަށް 56،500 ޑޮލަރު ދޭން ވަނީ ނިންމާފައެވެ. 

ޖޫން މަހުގެ 28 ވަނަ ދުވަހު ޔުގަންޑާގެ ރައީސް ޔޮވެރީ މޮއުސެވޭނީ ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުުރުމަށް ދަތުރު ކުރުން މަނާކޮށް ސްކޫލްތަކާއި އަޅުކަން ކުރާ ތަންތަނުގެ އިތުރުން ބާ ތައް ވެސް ބަންދު ކުރަން އަންގާފައެވެ.

your imageޔުގަންޑާގެ ރައީސް ޔޮވެރީ މޮއުސެވޭނީ 

ޔޫނިއަން އޮފް ހިއުމަން ރައިޓްސް ޑިފެންޑާސް ޔުގަންޑާގެ އެކްޒެކިޓިވް ޑިރެކްޓަރު އަދި އެކްޓިވް ހިއުމަން ރައިޓްސް ޑިފެންޑާއެއް ކަމަށްވާ އަނެތު ނަނާ ނަމަތާ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އަގުހުރި ލަކްޒަރީ ތަކެތި ގަނެދޭއިރު އެމީހުންނަށް މަހަކު 30 މިލިއަން ޝިލިން (8،000( ޑޮލަރު) މުސާރައިގެ ގޮތުގައި ލިބޭ ކަމަށެވެ. ނަމަވެސް އެގައުމުގެ ބޮޑު އާބާދީ އަކީ އަމިއްލައަށް ކައިގެން ނޫޅެވޭ ވަރުގެ މީހުންކަމަށް އޭނާ ބުނެއެވެ. 

އާދައިގެ މަސައްކަތް ކުރާ މީހަކަށް ޔުގަންޑާގައި މަހަކު މުސާރައިގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް 28 ޑޮލަރެވެ. އަދި ޓީޗަރެއްގެ މުސާރައަކީ 75 ޑޮލަރެވެ.

އެގައުމުގެ ނޭޝަނަލް އެންޖީއޯ ފޯރަމްގެ ލީޑަރު މޮސެސް އިސޫބާ ވިދާޅުވީ ކޮވިޑް ވެކްސިން ގަތުމަށް ސަރުކާރުން އާމުންގެ ފަރާތުން މާލީ އެހީއަށް އެދިފައި ވަނިކޮށް މިއީ ލަދުވެތި އަމަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފައިސާއިން މެމްބަރުންނަށް ކާރު ގަތުމުގެ ބަދަލުގައި އެގައުމުގެ އެންމެ ނިކަމެތި 500،000 ރައްޔިތުންނަށް ބަހާލުން ވެސް މާރަނގަޅު ކަމަށެވެ.

އާމުންގެ ފާޑުކިޔުންތަކަށް ރައްދު ދެމުން އެގައުމުގެ ސަރުކާރުގެ ތަރުޖަމާނު އޮފްވޮނޯ އޮޕޮންޑޯ ވަނީ އެ ނިންމުން ދިފާއު ކުރައްވާދައެވެ. އޭނާ ވިދާޅުވީ އެއީ މާ ކުރީ ޒަމާނުއްސުރެ އަމަލު ކުރަމުން އައި ސަގާފަތެއް ކަމަށެވެ.

 އަދި އޭނާ ވިދާޅުވީ މެމްބަރުންނަށް ކާރުގަތުމަށް ބަޖެޓު ކުރިކަން މާ ކުރިންވެސް ބަޖެޓް ޕްރޮސެސްގައި ހިމެނޭ ސިވިލް އޯގަނައިޒޭޝަންތަކަށް އިނގޭނެ ކަމަށެވެ.

އާބާދީގައި 45 މިލިއަން މީހުން އުޅޭ ޔުގަންޑާގައި 91،710 މީހުން މިހާތަނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 2،496 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް އެގައުމުގައި ވެކްސިން ޖެހީ އެންމެ އެއް މިލިއަން މީހުންނެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް