ads
ރައީސް ސޯލިހް
ގައުމީ މަޖިލީހުގައި ބަސް ބުނުމުގެ ފުރުސަތު ރައީސް ސޯލިހަށް ދިނުމަށް ގޮވާލައިފި
އެމްޑީޕީގެ މެމްބަރުން ނިންމާ ނިންމުންތަކުގައި ގައުމީ މަޖިލީހުން ގޮތް ނިންމުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވެސް ބަސް ބުނުމުގެ ފުރުސަތު ދިނުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ގޮވާލައިފި އެވެ.
Advertisement

މިވަގުތު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލާ ގަރާރެއް ހުށަހަޅާފައެވެ. 

އެ ހުށަހެޅުމަށް ގައުމީ މަޖިލީހުގެ މެމްބަރުން ބަހުސް ކޮށްފައިވާއިރު، ބައެއް މެމްބަރުން ވަނީ މިވަގުތު ރާއްޖޭގެ ރައީސް އަކީ ރައީސް ސޯލިހް ކަމަށާއި އެމަނިކުފާނަކީ، އެމްޑީޕީގެ މެމްބަރެއްކަމުން އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު، ރައީސް ސޯލިހަށްވެސް ބަސް ބުނުމުގެ ފުރުސަތު ދީ އެމަނިކުފާނަށްވެސް ގައުމީ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ދޭންޖެހޭކަމަށް ގަބޫލުކުރައްވައި، އެކަންބޮޑުވުން ފާޅުކޮށްފައެވެ. 

މިރޭގެ އެބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން އެ މެމްބަރުން ވަނީ ރައީސް ސޯލިހްއަށް ބައިވެރިވުމުގެ ފުރުސަތު ދެއްވުމަކީ އެދޭކަމެއް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ވޯޓަށް އެހުމުގެ ކުރިން ރައީސް ސޯލިހްގެ ބަހެއް ހޯދާ ބަސް ބުނުމުގެ ފުރުސަތު ދެއްވުމަށް ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައެވެ. 

އެ ހުށަހެޅުން ހުށަހަޅުއްވާފައިވަނީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި ޕާލިމެންޓްރީގެ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމްއެވެ. އާޒިމް ވިދާޅުވީ އެ ގާރާރުގައި ކުއްލި ނުރައްކަލުގެ ހާލަތު ގެނެއުމުގެ ފުރުސަތު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، އެމަގާމުގައި ހުންނެވީ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހްއަށް މި މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުސަތު ލިބިދެންޖެހޭނެ ކަމަށެވެ. 

" މިރޭ ރައީސް ސޯލިހުވެސް މި ބައްދަލުވުމުގައި ބައިވެރިވާން ޖެހޭނެ އަޅުގަނޑު ގަބޫލުކުރާ ގޮތުން ނޫނީ މަސައްކަތްޕުޅު ހުރި ގޮތުން ބައިވެރި ނުވެވެންޏަ އަޅުގަނޑު ގަބޫލުކުރާ ގޮތުން ޗެއާ އަށް އެގިފައި އޮންނާނީ ކީއްވެގެންކަން. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމުހުރިއްޔާއަށް ލިބިދީފައި އޮއްވާ އަޅުގަނޑުމެން ނުވާނެ ކުއްލިއަކަށް ނިންމާކަށް ގާރާރަކުން މިއީ އަޅުގަނޑުމެންނަ ފެންނަ ގޮތެކޭވެސް ދެކޭ ގޮތެކޭވެސް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކަން އެހެން ކުރެވޭނީ އެހެން ޕާޓީއެއްގެ ރައީސްއަކު ހުރިކަމަށްވާނަމަ ކަމަށެވެ. އެހެންކަމުން އާޒިމް ހުށަހަޅުއްވާފައިވަނީ، ރައީސްގެ ބަހެއް އެކަމުގައި ހޯދުމަށެވެ. 

އެހެންނަމަވެސް ރައީސް ނަޝީދުވެސް އަދި ޕާޓީގެ ޗެއާ ހަސަން ލަތީފްވެސް ވިދާޅުވީ، އެއީ ހުށަހެޅުއްވުމެއް ކަމަށް ބަލައި ނުގަނެވޭ ކަމަށެވެ. އެހެންކަމުން އަލުން އެކަން ހުށަހެޅުއްވުމެއް ގޮތައް ހުށަހެޅުއްވުމަށް އެދިފައިވެއެވެ. އެޔަށްފަހު އެބައްދަލުވުމުގައި އެކަމާއި ބެހޭ ގޮތުން ބަހުސްތަކެއް ކުރެވުނުނަމަވެސް ބައްދަލުުވުން ނިންމާލީ އެ ހުށަހެޅުމަށް ވޯޓަށް ނާހައެވެ.  

މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށެވެ. އެ ގާރާރު އެގޮތަށް އެބައްދަލުވުމުގައި 39 މެމްބަރުންގެ ވޯޓުން، ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް