ads
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ނަފުރަތުގެ ބިލަކީ ދެކޮޅު ޖެހޭ ބިލެއް ނޫން: ރައީސް މައުމޫން
ނަފުރަތުގެ އަމަލު ހިންގުން ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލަކީ ދެކޮޅުޖެހޭ ބިލެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ރައީސް މައުމޫން ވިދާޅުވީ، އެ އިސްލާހުގެ ސުރުހީ ވަރަށް ރީތި ކަމަަށާއި އެހެންނަމަވެސް އޭގައި ހުރި ވާހަކަތަކަކީ އިސްލާމީ ގައުމެއްގައި އަމަލު ކުރެވޭނެ ކަހަލަ ކަންތައްތަކެއް ނޫންކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ އެ އިސްލާހު ފާސްކޮށްފިނަމަ ދީނުގައި އަންގަވާފައިވާ ގޮތަށް ކަންތައް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ހެޔޮ ކަންތައްތަކަށް ގޮވާލުމާއި ނުބައިކަންތައް މަނާކުރުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ އެބިލުގައި ބުނާގޮތުން ތި ކަންތައް ތިކުރަނީ ގޯސްކޮށޭ، ތިއީ ދީނާ ހިލާފު ކަމެކޭ ބުނެވެން ނެތް ކަމަށެވެ. އެކަމަކު ދީނުގެ ހުކުމްތައް ބަޔާންކޮށްދޭން އެބަޖެހޭ ކަމަށެވެ.

"މިސާލަކަށް މީހަކު ރާބޯތަން ފެނުނީމަ ތިއީ ދީނާ ހިލާފު ކަމެކޭ ބުނެވެންޖެހޭނެ. އެހެންނަމަވެސް އެ ގާނޫނު ބުނާ ގޮތުން އެހެން ބުނި މީހާ އެކުރަނީ ޖިނާއީ ކުށެއް. އެހެންވީމަ ދެކޮޅެއް ނުޖެހޭ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު، ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންގެ މެދުގައި ތާށިވެފައިވާކަމަށް ދޭވަހާގޮތަކަށް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ މިސަރުކާރު ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ތާށިވެފައި އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި، އަދި އެ ވާހަކަ ގަބޫލުނުކުރައްވާކަމަށެވެ.

ސިޔާސީ ވާދަވެރިކަމުގައި އެކި މީހުން އެކި ވާހަކަ ދައްކާނެކަމަށާއި، އެހެންނަމަވެސް ސަރުކާރުން ވަކި ބައެއްގެ މެދުގައި ތާށިވެފައި އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މިނިވަން ދުވަހާ ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތާބުގައި ރައީސް ސޯލިހު ވަނީ ހަރުކަށި ފިކުރުގެ މީހުންނާއި، ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަ ހައްލުކުރެވޭނީ ހަމައެކަނި ގާނޫނީ ފިޔަވަޅު އަޅައިގެން ނޫންކަމަށާއި، އެކަން ހައްލު ކުރެވޭނީ ތަރުބިއްޔަތުކުރުމުގެ މަރުހަލާތަކުގެތެރެއިން ކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް