މި މަޝްރޫއުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭއެވެ.
މީގެއިތުރުން 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގު ބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެެވެ.
މި މަޝްރޫއުއަކީ 28.42 މިލިޔަން ރުފިޔާގެ މަޝްރޫއެއްކަމަށް އެ ކުންފުނިން ބުނެއެވެ.