ads
ކާނަލް ނާޒިމް
2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ނޫންކަމެއް އެމްއެންޕީގައެއް ނެތް: ނާޒިމް
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ނޫން ގޮތެއް ނެތް ކަމަށް ދަނގެތި ދާއިރާ މެމްބަރު އަދި މިހާރު އިލެކްޝަންސް ކޮމިޝަނަށް ރަޖިސްޓާ ކުރުމަށް ހުށައަޅައިފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ އިސް ސަފުގައި ހިމެނޭ، ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ކުރިއަށް ދިޔަ އެމްއެންޕީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްއެންޕީގެ ފަރާތުން ކެނޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި އެ ޕާޓީން ނެރޭ ކެނޑިޑޭޓު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

"ޕާޓީއެއް ވުޖޫދުކުރަނީ އެންމެ މަގުސަދެއްގައި. އަޅުގަނޑުމެންގެ މަގުސަދު ވަރަށް ސާފު. 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ނޫންކަމެއް މިޕާޓީއަކަށް ނެތް. އެއީ އަޅުގަނޑުމެންގެ މަގުސަދަކީ." ނާޒިމް ވިދާޅުވިއެވެ.

އަދި އެމްއެންޕީ އިން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހަދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީން އަބަދުވެސް އުންމީދު ކުރަނީ އަބަދުވެސް އެއްވަނަައިގައި ތިބުމަށް ކަމަށާއި ދެވަނަ އަދި ތިން ވަނައަށް ތިބުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. ނަމަވެސް އެހެން ބަޔަކު އެ ޕާޓީއާއެކު ކޯލިޝަން ހަދަން ބޭނުންނަމަ ޕާޓީ ރަޖިސްޓްރީ ކުރުމަށް ފަހު ކައުންސިލް މެމްބަރުންނާއި އަދި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މެމްބަރުންނާއި މަޝްވަރާކުމަށް ފަހު ކޯލިޝަން ހެދުުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ އެ ޕާޓީ އަދި އޮތީ އެއަށްވުރެ ޅަފަތުގެ މަރުހަލާއެއްގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ ޕާޓީގެ ފަލްސަފާއަކީ "މޯލްޑިވްސް ފަސްޓް" ނުވަތަ " ގައުމު ފުރަތަމަ" ކަމަށެވެ. 

މިއަދު އެމްއެންޕީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔައިރު އިއްޔެ އެ ޕާޓީން ވަނީ އެ ޕާޓީގެ ލޯގޯ އާމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅާފައިވަނީ ޕާޓީގެ މަސްއޫލުވެރިއެއް ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްއެވެ. ޕާޓީ ހިންގުމަށް ހުއްދަދީފައިވަނީ، މިމަހުގެ 15 ވަނަ ދުވަހުއެވެ.

މެމްބަރު އުޝާމް ވިދާޅުވީ، އެ ޕާޓީއަކީ ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒްއާއި، މުހައްމަދު ނަޝީދު އަބްދުﷲ ގެ އިތުރުން އަބްދުލް މުހުސިން ހަމީދު އާއި ގުޅިގެން އުފައްދާފައިވާ ޕާޓީއެއް ކަަމަށެވެ. މިވަގުތު އެމްއެން ޕީގައި ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަަރުން ހަރަކާތްތެރިވެއެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް