ads
ތ. ކިނބިދޫ ---
ކިނބިދޫ މޮނީޓަރިންއިން ނަގައިފި
ޢީދު ދުވަހު ކޮވިޑް-19 އަށް ތުއްތު ކުއްޖަކު ޕޮޒިޓިވުމުގެ ސަބަބުން މޮނީޓަރިންއަށްލި ތ. ކިނބިދޫ އާއްމު ހާލަތަށް ގެނެސްފިއެވެ.
Advertisement

ތ.ކިނބިިދޫ މޮނީޓަރިންގެ ހަލަތަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން ވިދާޅުވީ ކޮވިޑް-19 އަށް ތުއްތު ކުއްޖަކު ޕޮޒިޓިވްވުމުގެ ސަބަބުން އެކުއްޖާއާއި އެއްތަންވި ހުރިހާމީހުންގެ ސާމްޕަލް ނަގާފައިވާކަމަށާއި ހުރިހާ ސާމްޕަލްއެއްވެސް ނެގެޓިވްކަމަށެވެ. މީގެ އިތުރުން ރަށުތެރެއިން ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި ރެންޑަމް ސާމްޕަލްތަށްވެސް ނެގެޓިވުމުގެ ސަބަބުން މިހާރު ރަށް މޮނީޓަރިންގެ ހާލަތުން ނަގައިފާ ވާކަމަށް އެބޭފުޅާވިދާޅުވިއެވެ.

މިއަހަރުގެ މޭ މަހު ވެސް ކިނބިދޫން ކޮވިޑް ފެނި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އަދި މަހެއްހާ ދުވަހު މޮނިޓަރިންގައި ބޭއްވުމަށް ފަހު ރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

މިމަގެ 20 ވަނަ ދުވަހު ކޮވިޑް ކޭސްއެއްފެނިގެން ކިނބިދޫ މޮނީޓަރިންގެ ހާލަތަށް ލީއިރު އޮތީ އަލްހާ އީދުގެ ކުޅިވަރުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައިއެވެ. އެހެންކަމުން ރަށް މޮނީޓަރިންގެ ހާލަތުގައި އޮތްނަމަވެސް އެރަށުގައިވަނީ އީދު ފާހަކޮށްފައެވެ. އަދި އީދު ފާހަކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް ކިނބިދޫ ކައުންސިލްގެ ރައީސްވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް