ads
ފެބްރުއަރީ 7 2012 ގައި ސިފައިންގެ މައި މަރުކަޒު ބޭރުގައި މުހައްމަދު ނާޒިމް އަދި އަބްދުﷲ ރިޔާޒް-- ފޮޓޯ: މިނިވަން ނިއުސް
7 ފެބްރުއަރީގައި އެ ސަރަހައްދަށް ދިޔައީ ހަަމަޔަކަށް އެޅުވުމަށް، ނާޝީދާއި ދިމައެއްނުވޭ
ހަތެއް ފެބްރުއަރީގައި 2012 ގައި ޖުމްހޫރީ މައިދާނު ސަރަހައްދަށް ދިޔައީ އެކަން ހަމަޔަށް އެޅުވުމަށްޓަކައި ކަމަށާއި ސިފައިންގެ ތެރެއިން ރައީސް ނާޝީދާއި ދިމާވެފައެއް ނުވާނެ ކަމަށް ދަނގެތި ދާއިރާ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެންއެންޕީ) އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތަކާއި ގުޅޭ ގޮތުން އޭރު އޮތް ސިޔާސީ ޕާޓީތަކުގެ އެއްބަސްވުމެއްގެ ތެރެއިން ކޮމަންވެލްތާއި އެކީ ފުރިހަމަ ތަހުގީގެއްކޮށްފައިވާ ކަމަށެވެ. އަދި  އެ ތަހުގީގަށް ފަހު އެކުލަވަވާލި ކޯނީ ރިޕޯޓުގެ ނަމުގައި ރިޕޯޓެއް އަކުލަވާލި ކަމަށާއި އެ ރިޕޯޓަށް ހުރިހާ ސިޔާސީތަކުން ވެސް އެއްބަސްވި ކަމަށް ނާޒިމް ވިދާޅުވި އެވެ. 

އަދި ރިޕޯޓް ނިކުތް އިރު އެ ރިޕޯޓުގައި އެމަނިކުފާނާއި ތިމަރަފުށި ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒްގެ ނަމެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ. ހަގީގަތް ރައްޔިތުންނާއި ހަމަޔަށް އެކި ފޯރަމްތަކުގައި ދައްކާފައިވާނެ ކަމަށާއި، އަދި އެތަނަށް އެދުވަހު ދިޔައީ އެ ވަގުތުތަކީ ވަރަށް އުދަގޫ ވަގުތަކަށް ވުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ. 

“ސިފައިންނާއި ފުލުހުން އެތަނުގައި ހަރަކާތްތެރިވި އިރު، އެ ދުވަހު އެތަނުގައި ހުންނެވި މީހަކަށް ވަޒަން ކުރެވޭނީ އެދުވަހު އެތަނުގެ ނުރައްކާތެރިކަން، ގައުމުގެ ހާލަތު ވެއްޓޭނެ ދަރަޖަ. އެހެންވެސް އަޅުނގަޑުމެން ދިޔައީ އަޅުގަނޑުމެން އިސްނަގައިގެން އެކަން ހަމަޔަކަށް އެޅުވުމަށްޓަކައި. އެއްވެސް ހާލެއްގައި އެކަމަކީ އަޅުގަނޑުމެން ސަރުކާރެއް ބަދަލުކުރުމުގެ ނިޔަތުގައި ދިޔަ ދިޔުމެއް ނޫން." ނާޒިމް ވިދާޅުވިއެވެ.

އަދި އެދުވަހުގެ ހާލަތުގައި ސިފައިންގެ ތެރެއިންވެސް ރައީސް ނަޝީދާއި ބައްދަލުވެފައި ނުވާނެ ކަމަށް ފާހަގަކޮށް ނާޒިމް އިތުރަށް ވިދާޅުވީ ތަފާތު ވާހަކަތައް ތަފާތު ގޮތްގޮތަށް މީހުން ދައްކައި ރައްޔިތުންގެ ހިތްތަކުގެ ތެރޭގައި ބިރުވެރިކަން އުފައްދަނީ ނަފްރަތު އުފެއްދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށް ނާޒިމް ވިދާޅުވެއެވެ. ނަމަވެސް އެމަނިކުފާނަށާއި މެމްބަރު ރިޔާޒަށް އިތުބާރުކުރާ، އަދި ރައްޔިތުންނަށް ކޮށްދިން ހިދުމަތްތައް ގަބޫލްކުރާ ރާއްޖޭގެ ބޮޑު އާބާދީއެއް އެބައޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ. 

އެހެން ކަމުން އެ ޕާޓީއަށް ކާމިޔާބީތަކެއް ހޯދިދާނެ ކަމަށް ގަބޫލްކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް