ads
ގައްސާން މައުމޫން ބޮޑުބޭބެފުޅު ރައީސް ޔާމީނާއެކު-
ގައްސާންގެ ރައްދެއް ބައްޕާފުޅަށް: ރައީސް ޔާމީން ވެރިކަމަށް އަންނާނެ
އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން، 2023 ވަނަ އަހަރު ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ގައްޔާން މައުމޫން ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް ރައީސް މައުމޫން ވަނީ މިއަދު ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އެ ބޭފުޅާއަށް ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނިކޮށް، ބޮޑުބޭބޭފުޅު ދިފާއު ކުރައްވާ ގައްސާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން އަދި ރައްޔިތުންގެ ލޯތްބާއެކު 2023 ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން ކަމަށެވެ.

ކުރީގެ ރައީސް ޔާމީނަށް މި ސަރުކާރުންދޭ އެއްވެސް ނުހައްގު އަނިޔާއަކުން ހިތްވަރަށް ގުޑުމެއް ނާންނާނެ ކަމަށާއި، 2023 ގައި ރައީސް ޔާމީން އަލުން އިންތިހާބުކޮށް ވެރިކަމަށް ގެންނާނެ ކަމަށް މީގެ ކުރިން ވެސް ގައްސާން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނާއި ދެބޭފުޅުންގެ ހިޔާލު ތަފާތުވެ، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ނުކުންނެވިއެވެ. ރައީސް މައުމޫނާއެކު ގައްސާން ފިޔަވައި އެހެން ހުރިހާ ދަރިކަލުންވެސް ރައީސް ޔާމީނާ ދެކޮޅަށް ނުކުންނެވިއެވެ. ރައީސް މައުމޫނާއި ރައީސް ޔާމީންގެ މެދުގައި އެންމެ ފުރަތަމަ މައްސަލަ ޖެހެން ފެށީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ދެބޭފުޅުންގެ މެދުގައި އުފެދުނު ބަހުސްގެ ތެރެއިންނެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް