ads
ޅ.އަތޮޅު ހޮސްޕިޓަލް ފޮޓޯ ޕީއެސްއެމް
ޒުވާނެއް ގެނބިގެން ފަރުވާދެނީ
ދިވެހި ޒުވާން އަންހެނެއް ގެނބިގެން ޅ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މި ހާދިސާގައި ގެނބިފައިވަނީ ނައިފަރަށް އުފަން 32 އަހަރުގެ އަންހެނެއްކަމަށް މައުލޫމާތު ލިބެއެވެ.

އެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލް އުމަރު އިބްރާހިމް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 1:55 ހާއިރު ޒުވާން އަންހެނެއް ގެނބިގެން ފަރުވާ ދިނުމަށް ޅ. ނައިފަރުގައި ހުންނަ ޅ އަތޮޅު ހޮސްޕިޓަލް އަށް ގެނެވިފައިވާ ކަމަށެވެ.

އެ އަންހެން މީހާ ގެ ހާލަތާއި ބެހޭ ގޮތުން މާ ބޮޑު އެއްޗެއް މި ވަގުތު ބުނަން ނޭނގޭކަމަށާއި އޭނާ ހޭވެރިކަން ހުރިނަމަވެސް ނޭވާލުމުގައި މައްސަލައެއް އުޅޭކަމަށް އޮފިޝަލް ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރުވެސް އެ އަންހެންމީހާގެ ހާލަތު ޑޮކްޓަރުން ދަނީ މޮނީޓާ ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ޅ. އަތޮޅުގައި އޮންނަ  މަޑުއްވަރީ ނަމަކަށް ކިޔާ ފަޅު ރަށަކަށް ގޮސްގެން އުޅެނިކޮށް ގެނބިގެންކަމަށް މައުލޫމާތު ލިބެއެވެ. 

މި ދަތުރުގައި ބައިވެރިވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަ ކުދިންނެވެ. އަދި ދެ ފިރިހެނުން ވެސް ދަތުރުގައި ބައިވެރިވި ކަމަށްވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް