ދިވެހިންނަކީ ފަންނުވެރިކަމުގައި އަރާހުރި ބައެއްކަން ފާހަގަކޮށް މިނިސްޓާ މިއަދުގެ ވަގުތެއްގައި ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންނަކީ ހުނަރުވެރި ކުޅަދާނަ ބައެއް ކަމަށެވެ.
އަދި ދިވެހީންގެ ފަންނުވެރިކަމާއި، އުފެއްދުންތެރިކަން ހާމަކޮށް ރަމްޒުކޮށްދޭ އުފެއްދުންތައް ކުރިއެރުވުމުގައި މީޑިޔާއަކީ މުހިންމު ރޯލެއް އަދާކުރާ ބައެއް ކަން ފާހަގަކޮށް މިނިސްޓާ ވިދާޅުވީ މި ކަމުގައި މީޑިޔާގެ އެހީ ބޭނުންވާކަމަށެވެ.
އަދި ގައުމީ އެކި މުނާސަބަތުތަކާއި ގުޅިގެން ދިވެހިން އުފައްދާ އުފެއްދުންތަކަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތަކަކަށް ހެދުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގައި ފަންނުވެރިން ކުރާ އުފެއްދުންތެރިކަން ފާހަގަކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ފަންނުވެރިންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ފަންނުވެރިންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ، ކުރެހުންތެރިންނާއި އެހެނިހެން ފަންނާނުންނަށް ލިބުނު މުހިއްމު އެކި ހައްގުތަކާއި ލިބުން ހައްގު އިހުތިރާމާއި ހައިސިއްޔަތު ހޯދައި ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.