ads
ޑރ. ނަޒްލާ މުސްތަފާ-- ފޮޓޯ: އެޗްއީއޯސީ
ކޮވިޝީލްޑް ޖެހިޔަސް އެކްސްޓްރަޒެނެކާ ޖެހޭނެ: ޑރ.ނަޒްލާ
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިނަމަވެސް އެކްސްޓްރަޒެނެކާ ވެކްސިން ޖެހޭނެކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ ތެރެއިން ކޮވިޝީލްޑް ޖެހި މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ދެވަނަ ޑޯޒެއްގެ ގޮތުގައި ޖެހޭނެކަމަށެވެ.

އަދި ވެކްސިން ޖެހުމަކީ މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ކުރުން މުހިންމު ކަމެއް ކަން ފާހަގަކޮށް ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެއަށް އައި ކޮވިޑުގެ ބަލިމަޑުކަންވެސް ދަށްވަމުން ދަނީ އާންމުންގެ އެއްބާރުލުމާއި ހޭލުންތެރި ކަމުންކަމަށެވެ.

މީގެއިތުރުން ވެކްސިން ޖެހުމުން ކޮވިޑް ޖެހުމުގެ ފުރުސަތު ދަށް ކޮށްދޭކަމަށާއި، ކޮވިޑް ފެތުރުމުން ދުރުކޮށްދޭކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި ބަލީގައި ބޮޑުވަރުވުމާއި، ހޮސްޕިޓަލްގައި އެޑްމިޓްކުރުން ނުވަތަ މަރުވުން ދުރުކޮށްދޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންގެ އިކުއިޓީ މަދުކަން ފާހަގަކޮށް ޑރ.ނަޒްލާ ވިދާޅުވީ ގިނަ ސިއްހީ މާހިރުން މިކަމާއި ކަންބޮޑުވުން ފާޅުކޮށް މައްސަލަޖައްސާކަމަށެވެ. އަދި ވެކްސިން ޖަހަނީ މުއްސަނދި ގައުމުތަކުންކަމަށާއި، ވެކްސިން ނުޖެހި އޮތް ގައުމުތައް އަދިވެސް ދުނިޔޭގެ ނިސްބަތުން ގިނަ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އަދިވެސް ދުނިޔޭގައި ކޮވިޑް ފެތުރި ދައުރުވުން ނުހުއްޓޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި ވީހައިވެސް ގިނަ އާންމުން ވެކްސިންގެ ޑޯޒުތައް ހަމަކުރުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް