ads
މީޓަ ޕާކިން ސިސްޓަމް
މާލޭ ސިޓީ ކައުންސިލުން މީޓަރު ޕާކިން ސިސްޓަމް ބަހައްޓަނީ
މާލޭ ސިޓީ ކައުންސިލުން، މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައިފިއެވެ. މިއީރާއްޖެއަށް އަލަށް ގާއިމް ކުރެވޭ ނިޒާމެކެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ތަޢާރަފްކުރާ މީޓަރު ޕާކިން ސިސްޓަމް ހޯދައި އެބަހައްޓައިދޭނެ ފަރާތެއް ހޯދަން މިރޭ ވަނީ އިއުލާނު ކޮށްފައެވެ.

މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ވަނީ އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިކަމާގުޅޭ މައުލުމާތު ސާފުކުރުމަށް ދާންޖެހެނީ 19 އޮގަސްޓް 2021ގައެވެ. އަދި އަގު ހުށަހަޅަން ޖެހެނީ 19ސެޕްޓެމްބަރު 2021 ގައި އެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށެވެ.

އަގުދީގެން ޕާކުކުރާ ޕާކިން ސްލޮޓްތަކަށް ސިޓީކައުންސިލުން ވަނީ މީގެކުރިން ހުޅުވާލައިފައެވެ. އަގުދީގެން 4 ފުރޮޅުލީ އުޅަނދު ޕާކްކުރާ ޕާކިން ސްލޮޓްތަކަށް ހުޅުވާލީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 18 ވަނަދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމަށެވެ.  

އަލަށް 211 ޕާކިން ޒޯން ދޫކުރުމަށް ހުޅުވާލާފައިވާއިރު މީގެތެރޭގައި މަގުތަމީގެ ޕާކިންތައްވެސް ހިމެނެއެވެ. މަގުތަމީގެ ޕާކިންގެ ގޮތުގައި ހުރީ އަމީނީ މަގާ ގުޅިފައިވާ މަގުތަކެވެ. އޭގެތެރޭގައި މއ. ވައިދެރިޔާ ހިންގުމުން 44 ޖާގަ، މއ.ރާދަފަތި ހިނގުމުން 21 ޖާގަ، މއ. ކުރެދި ގޯޅިން 10 ޖާގަ، މއ.ހުދުފަޅު ހިނގުމުން 8 ޖާގަ، މ.ހިލާލީ މަގު އަމީނިމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ.ހިލާލީ މަގު އަމީނިމަގު އިރުމަތީފަޅިން 10 ޖާގައެވެ.  މީގެ އިތުރުން ސަލާޙުއްދީން ޕާކިންގް އިން 10 ޖާގަ، އާޓިފިޝަލް ބީޗް ޕާކިން އިން 24 ޖާގަ، އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ އަދި ސަލްމާން މިސްކިތް ޕާކިންގް އިން 58 ޖާގަ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ. މި ޖާގަތަކަށް އެދެވޭނީ 350 ކިލޯއިން ދަށުގެ ޕިކަޕަށާއި ކާރާއި ވޭނަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް