އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެސިސްޓަމުގެ ސަބަބަުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަށް ހައްލު ލިބޭނެކަމަށެވެ. މީގެ ކުރިންވެސް އައްޑޫގައި ވަނީ 1.6 މެގަވޯޓުގެ ޔުޓިލިޓީ ސްކޭލް ސޯލާ ސިސްޓަމް ގާއިމް ކޮށްފއެވެ. އަދި އެސިޓީގެ ގޭގޭގައިވެސް ހޯމްސޯލާ ސިސްޓަމް ވަނީ ހަރުކޮށްފައެވެ.
އެންވަޔަރަންމެން މިނިސްޓްރީއާއި، ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ “އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިންރިނިއުވަބަލް އެނާޖީ (އެސްޕަޔަ)” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބަދީ ބޮޑު ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލަ ޕީވީ ނިޒާމް ގާއިމުކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
އެސްޕަޔަ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ސޯލަ ހަކަތައިގެ ނިޒާމު ގާއިމް ކުރާނެއެވެ.
އެސްޕަޔަ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގާ އެރައިސް ޕްރޮޖެކްޓުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސޯލަ ޕީވީގެ ނިޒާމުތައް ގާއިމްކުރުމަށް ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން އެރައިސް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 – 14 މެގަވޮޓް ސޯލަ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ޖޫން މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.
އެސްޕަޔަ އަދި އެރައިސް މަޝްރޫއުގެ ދަށުން އަލަށް ސޯލަ ޕީވީގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަޖީސްޓޯރޭޖް ސިސްޓަމް ގާއިމުކުރާނެއެވެ.
އެ ބެޓަރީ އެނަޖީސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެކަމަށާއި، ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެނިސްބަތް ޖުމުލަ 30 އިންސައްތައަށް ވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމުކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަހާލަތްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ހިންގާ އެސްޕަޔަ އަދި އެރައިސް މަޝްރޫއަކީ، ކަރަންޓުއުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި އެކަމަށްކުރާ ހަރަދު ކުޑަކޮށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާލްޑް ބޭންކްގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިސިސްޓަމްގެ ސަބަބުން ، ކަރަންޓުގެ ހިދުމަތް މެދުކެނޑުމަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.