ads
ބެންގަލޫރު އެފްސީގެ އެރިކް ޕާޓަލޫ
ކޮވިޑް ޕްރޮޓޮކޯލާ ޚިލާފުވި ބެންގަލޫރު ކުޅުންތެރިޔާ ޕްރެކްޓިހަށް ނުނެރޭ މައްސަލަ ބޮޑުވެއްޖެ
އޭއެފްސީ ކަޕް ޕްލޭ އޮފް މެޗަށް މާލެ އައި ބެންގަލޫރު ޓީމުން، މާލޭގައި ކޮވިޑް ޕްރޮޓޮކޯލާ ޚިލާފުވި އޮސްޓްރޭލިޔާގެ އެރިކް ޕާޓަލޫ، ބެންގަލޫރުގެ ޕްރެކްޓިހުގައި ބައިވެރިނުކުރާ މައްސަލަ ބޮޑުވެއްޖެއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން، މާލޭގައި ކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވެގެން ބެންގަލޫރު އެނބުރި އިންޑިޔާއަށް ދިޔަ ފަހުން ޕާޓަލޫއަށް އެ ކްލަބުގެ ޕްރެކްޓިހުގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެއެވެ.

މިދިޔަ މެއި މަހު މާލެ އައި ބެންގަލޫރު ޓީމު މެޗު ނުކުޅެ އެނބުރި ފުރައިގެން ދާން ޖެހުނީ ކޮވިޑް ޕްރޮޓޮކޯލާ އެ ޓީމުގެ ދެ ކުޅުންތެރިޔަކާ އޮފިޝަލަކު ޚިލާފު އެ މައްސަލަ ހޫނު ވެގެންނެވެ. ޕާޓަލޫއަކީ އެ ފަހަރު ކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވި ދެ ކުޅުންތެރިންގެ ތެރެއިން އެކަކަވެ. އޭނާއަށް ބެންގަލޫރު އެފްސީގެ ޕްރެކްޓިހުގައި ބައިވެރިވުމުގެ ފުރުސަތު އެ ފަހަރު އެ ޓީމު އެނބުރި މާލޭން ފުރައިގެން ދިޔަ ފަހުން ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މައްސަލައިގައި ބެންގަލޫރު އެފްސީން ރަސްމީކޮށް އެއްޗެއް ނުބުނި ނަމަވެސް ކޮވިޑް ޕްރޮޓޮކޯލާ ޚިލާފުވި ޓީމުގެ މެންބަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކްލަބުން އޭރުވަނީ ބުނެފައެވެ.

ޕާޓަލޫއަށް ޕްރެކްޓިހުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ މައްސަލައިގެ ތެރެއަށް ޕްރޮފެޝަނަލް ފުޓްބޯލާސް އޮސްޓްރޭލިއާއިންވެސް މިހާރުވަނީ ވަދެފައެވެ. ޕްރޮފެޝަނަލް ފުޓްބޯލާސް އޮސްޓްރޭލިޔާއިންވަނީ ޕާޓަލޫ ހުރީ ބެންގަލޫރު އެފްސީގެ ކޮންޓްރެކްޓުގައި ކަމަށާއި އެހެންކަމުން ކްލަބުގެ ޕްރީ ސީޒަން ޓްރެއިނިންގައި ޕާޓާލޫއަށް ބައިވެރިވުމުގެ ފުރުސަތު ނުދިނުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ބެންގަލޫރު އެފްސީން މިހާރު އަންނަނީ އަންނަ މަހު އަނެއްކާވެސް މާލޭގައި ޕްލޭ އޮފް މެޗު، އީގަލްސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންނެވެ.

your imageކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވި ބެންގަލޫރުގެ ތިން މެންބަރުން މާލޭ މަގުމަތީގައި

ޕާޓާލޫއާ އެކު މާލޭގައި މިދިޔަ މެއި މަހު ކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވި އަނެއް ކުޅުންތެރިޔަކީ ސްޕެއިންގެ ޖުއާނަންއެވެ. އޭނާގެ ކޮންޓްރެކްޓް ބެންގަލޫރު އެފްސީން މިހާރުވަނީ އުވާލާފައެވެ. ކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވި ތިންވަނަ މެންބަރަކީ ބެންގަލޫރު އެފްސީގެ ގޯލް ކީޕަރު ކޯޗެވެ. އޭނާގެ ކޮންޓްރެކްޓްވެސް އުވާލާ، އާ ގޯލް ކީޕަރު ކޯޗެއް ބެންގަލޫރުންވަނީ ހޯދާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕާޓަލޫގެ ކޮންޓްރެކްޓްވެސް ބެންގަލޫރު އެފްސީން އުވާލާނެއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ހިމެނެނީ މާޒިޔާއާ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ އިންޑިޔާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ޕްލޭ އޮފުން ކޮލިފައިވާ ޓީމެކެވެ. ޕްލޭ އޮފްގައި ވާދަކުރާނީ ރާއްޖޭގެ އީގަލްސްއާ އިންޑިޔާގެ ބެންގަލޫރު އެފްސީއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް