ads
ސްޓެލްކޯ
މިމަހުގެ ބިލްބޮޑު ކަމަށް ދައްކަނީ ސަބްސިޑީޒް ކަނޑާލެވިފައި ވާތީ: ސްޓެލްކޯ
އެންމެފަހުގެ ކަރަންޓުބިލް ބޮޑުބިލެއްގައި ގޮތުގައި ދައްކަނީ އޭގެ ކުރިން ފޮނުވާފައި ހުރި ބިލްތަކަކީ ސަބްސިޑީ ދެވިފައިހުރި ބިލްތަކަކަށް ވެފައި، މިފަހަރުގެ ބިލްގައި ސަބްސިޑީޒް ހިމެނިފައި ނުވާތީ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ސީއެންއެމްއަށް ވިދާޅުވީ ކުރީ މަސްމަހާ ޚިލާފަށް މިމަހުގެ ކަރަންޓުބިލުގައި ސަބްސިޑީޒް ހިމެނިފައި ނުވާނެކަމަށާއި، އެހެން ވުމުގެ ސަބަބުން ބިލް ބޮޑުހެން ހީފުޅުވެދާނެ ކަމަށެވެ. އެކުންފުނީގެ ސްޓެޓިސްޓިކުން އާދަޔާ ޚިލާފްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. 

ދެވަނަސަބަބެއްގެ ގޮތުގައި ފަހުމީ ފާހަގަކުރެއްވީ އިންސްޓޯލްމެންޓަށް ކުރިން އެދިފައިވާ ފަރާތްތަކުގެ އިންސްޓޯލްމެންޓް ޕޭމަންޓް ބިލުގައި ހިމެނިފައި ވުމެވެ.

"ހުރިހާ ކަސްޓަމަރުްނނެއް ނޫން . ބައެއްކަސްޓަމަރުންގެ ބިލުގައި އިންސްޓޯލމެންޓް ޕޭމަންޓް ހިމެނިފައި އޮވެދާނެ. މިދެސަބަބަށްޓަކައި ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ވަނީ އެގޮތަށް ފާހަގަ ކުރެވެނީ . އަޅުގަނޑުމެންގެ ސްޓެޓިސްޓިކުން ތަފާތުތަކެއް ފާހަގަ އެއް ނުކުރެވޭ" ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ

ސްޓެލްކޯއިން ބުނީ މޮބައިލް އެޕުން ހުރިހާ ތަފްސީލްތަކެއް ފެންނަން ހުންނާނެ ކަމަށެވެ. 

މިމަހުގެ ކަރަންޓުބިލާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިމަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް! ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް މިވަނީ ވެފައި. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި." މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
82%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް