ads
ރޮނާލްޑޯ އަދި އޭނޭގެ ކޮއްކޮ އެވެއިރޯ-
ކޮވިޑަކީ ފޭކެއް ކަމަށް ބުނި ރޮނާލްޑޯގެ ކޮއްކޮ، ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފި
ކޮވިޑް-19 އަކީ "ފޭކެއް" ކަމަށް ބުނި މަޝްހޫރު ފުޓް ބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮއްކޮ، ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފި އެވެ.

ރޮނާލްޑޯގެ ކޮއްކޮ ކަޓިއާ އެވެއިރޯ ކޮވިޑްގެ ސަބަބުން ނިއުމޯނިއާ ޖެހި ހާލުދެރަވެ އެޑްމިޓްކޮށްފައި މިވަނީ "ކޮވިޑް-19 އަކީ މިހާތަނަށް ދެކުން އެންމެ ބޮޑު ފޭކް" ކަމަށް އޭނާ ބުނެފައިވަނިކޮށެވެ. 

އަންގާރަ ދުވަހު އެވެއިރޯ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ  ޖުލައި 17 ވަނަ ދުވަހު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ފުރަތަމަ އޭނާ އައިސޮލޭޝަނަށް ގެންދެވުނުކަމަށާއި ނިއުމޯނިއާ ޖެހި ހާލު ގޯސްވުމުން ހޮސްޕިޓަލްގައި އެޑްމިޓް ކުރި ކަމަށެވެ. އަދި ގޭގައި މަންމަ ފިޔަވައި އެންމެނަށް ކޮވިޑް ޖެހުނު ކަމަށް އެވެއިރޯ ބުނެފައިވެއެވެ.

އިންޓަނެޓްގައި ފެންނަ ކޮންމެ އެއްޗަކީ ހަގީގަތެއް ނޫން ކަމަށާއި، ފެންނަ ކޮންމެ އެއްޗެއް ގަބޫލް ނުކުރުމަށް އެވެއިރޯ އެދިފައިވެއެވެ. 

މީގެ ކުރިން ޔުވެންޓަސްއަށް ކުޅޭ ރޮނާލްޑޯއަށް ވެސް ވަނީ ކޮވިޑް ޖެހިފައެވެ. ރޮނާލްޑޯއަށް ކޮވިޑް ޖެހިފައިވަނީ އިޓަލީގެ ހާލަތު އެންމެ ގޯސްވި ދުވަސްކޮޅުގައެވެ. ނަމަވެސް ބަލީގެ މާ ބޮޑު އަލާމާތެއް އޭނާއަށް ކުރިމައްޗެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް