ads
ޝާޙްުރުކް އަދި ކާޖޮލް
ޝާހްރުކް އާއި ކާޖަލްގެ އިތުރު ފިލްމެއް
ރާޖްކުމާރް ހިރާނީގެ ކުރިއަށް އޮތް ފިލްމުގައި ޝާހްރުކް ހާން އާއި ކާޖަލް އެކީ ފެނިދާނެ ކަމަށް ބޮލީވުޑް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބޮލީވުޑްގެ ސްކްރީން ކުރިމަތީ އެންމެ މަގްބޫލް ޖޯޑުކަމަށްވާ ކާޖަލް އަދި ޝާޖހްގެ އިތުރު މަސައްކަތަކަށް އެމީހުންގެ ފޭނުން ތިބީ ކެތް މަދުވެފައެވެ. އެހެން ކަމުން ރާޖްކުމާރު ހިރާނީގެ ކުރިއަށް އޮތް ފިލްމުގެ ކާސްޓް އިއުލާން ކުރާނެ ދުވަހަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމަކީ އެގައުމަށް ދިރިއުޅުން ބަދަލުކުރާ ބައެއްގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ޕަންޖާބު އަދި ކެނަޑާއަށް ދިރިއުޅުން ބަދަލުކުރާ އާއިލާއެއްގެ ދަތުރުގެ ވާހަކަ ހިމެނޭއިރު މިފިލްމަކީ ސޯޝަލް ކޮމެޑީ ފިލްމެކެވެ.

ޝާހް އާއި ކާޖޮލްގެ އިތުރުން ވިދިޔާ ބާލަން، ތާޕްސީ ޕާންނޫ، އަދި މޯނޯޖް ބާޖްޕާއީގެ އިތުރުން ބޯމަން އިރާނީ ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގައި ތިން ބަތަލާއިން އުޅޭއިރު އެތަނުން އެއް ބަތަލާ ޝާހްގެ އަންހެނުންގެ ރޯލް ކުޅޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް