ads
ހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ބަޔެއް މަރުވެފައި-- ފޮޓޯ: އަލީ ރިފްހާން
ވައިކަރަދޫ: ކަނޑޫފާ ނެތިގޮސް، ރަށް ގިރުމުގެ މައްސަލަ ބޮޑު
ކަނޑޫފަލުގައި ހުރި ގަސްތައްހިކި ނުދިރޭނެ ހާލަތަށް ދިއުމާއި ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ހދ. ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ.
Advertisement

ކައުންސިލް ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ ކަނޑޫފަލުގައި ހުރި ވަރަށް ގިނަ ބޮޑެތި ގަސްތައް މަރުވެފައިވާކަމަށެވެ. މިކަމާގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ސަމާލުކަމަށްވެސް އެމައްސަލަ ގެނެސްފައިވާ ކަމަށެވެ. 

އެހެން އެކަން ދިމާވަނީ ކިހިނެއް ވެގެން ކަމެއް އަދިއެއް ނޭނގެ. ވަރަށް ބޮޑެތި ގަސްތައް ހިކިފައި ހުރީ" ވައިކަރަދޫ ކައުންސިލް ރައީސް

މިބަދަލުތައް އަންނާތީ ވައިކަރަދޫ ކަނޑޫފަލުން ކަނޑޫ ހޮވުމާއި އެއްވެސް ބާވަތެއްގެ ގަސް ކެނޑުން ވެސް މިދިޔަ އަހަރު އޮކްޓޫބަރު 11ގައި ވަނީ މަނާ ކޮށްފައެވެ.

ކައުންސިލުން ހުއްދަ ހޯދައިގެންނާއި ހުއްދަ ނުހޯދާވެސް ދިރިއުޅުމުގެ ބައެއް ކަންކަމަށް އޭގެ ކުރިން ކަނޑޫ ކޮންމެވެސް ވަރަކަށް ކަނޑަމުން ދިޔައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑަމުން ދިޔަކަމަށް އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

your imageހދ. ވައިކަރަދޫ ކަނޑޫފަލުގައި ހުރި ގަސްތައް މަރުވެފައ-- ފޮޓޯ: އަލީ ރިފްހާން

ކަނޑޫފާ ހަލާކުވުމުގެ އިތުރުން އެރަށަށް ދިމާވެފައި އޮތް އަނެއް މައްސަލައަކީ ރަށް ގިރުމުގެ މައްސަލައެވެ. ޒާމިރު ވިދާޅުވީ ރަށް ގިރުމުގެ ސަބަބުން ރަށުގެ ސައިޒަށް ޔައީނުންވެސް މިހާރުވާނީ ބަދަލުތައް އައިސްފައި ކަމަށެވެ. އޭނާ ވިދާޅުވީ އެރަށަކީ ވަރަށް ބޮޑު ދޮންވެލި ބީޗެއް އޮތް ރަށެއްކަމަށާއި އެކަމަކު މިހާރު އޭގެ ހަތަރު ބައިކުޅަ ތިންބައި ގިރާފައި ވެދާނެ ކަމަށެވެ.

ކައުންސިލުން ދެކެނީ ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ބަނދަރު ހެދުމުގެ ފަހުން ކަމަށެވެ. 

ހިމާޔަތްކޮށްފައިވާ ވައިކަރަދޫގެ ކަނޑޫފާ ހަލާކުވެ މަރުވާން ފަށާފައިވަނީ މިދިޔަ ހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.

ކައުންސިލްގެ އޭރުގެ ރައީސް ނަސީމް ވިދާޅުވެފައިވަނީ އެ ދުވަސްވަރަކީ ކަނޑޫފަލުން އަދަޔާ ހިލާފަށް ގިނަ އަދަދެއްގެ ކަނޑޫގަސް މަރުވަމުންދިޔަ ދުވަސްރެއް ކަމަށްވުމުން އެފަދަ ދުވަސް ވަރެއްގައި ރޯ ނުވަތަ ކަނޑޫ ގަސް ވިޔަސް ކެނޑުމަކީ އެކަމުގެ ސަބަބުން، 100 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބެލެވޭ އެ ރަށުގެ ކަނޑޫ ފަލަށް ލިބިގެންދާނެ އިތުރު ގެއްލުމަކަށް ވާނެކަމަށެވެ. 

ނަސީމް ވިދާޅުވެފައިވަނީ އެގޮތަށް ކަނޑައަޅާފައިވަނީ ކަނޑޫފަލަށް ލިބެމުންދާ ގެއްލުންތައް ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްގެން އެފަރާތްތަކާއި ގުޅިގެން އެ މައްސަލަތައް ބަލަމުން ދާތީ އާއި ކަނޑޫ ކެނޑުމުން ކަނޑޫފަލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކަމަށެވެ.

ނަސީމް ވިދާޅުވީ ކަނޑޫފަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރެއްގައި ކަނޑޫފަލުގެ އެތެރެއަށް ވަދެ ކަނޑޫ ގަސް ކަނޑުމުން ހަލާކުވަމުންދާ ބަޔަށްވުރެ ބޮޑު ބަޔަކަށް އިތުރު ގެއްލުންތަކެއްވެސް ލިބެމުންދާކަމަށެވެ. އެހެންކަމުން ކަނޑޫފާ އަލުން އާރާސްތު ކުރެވޭތޯ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން އޭނަ ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތައް އެއްބާރުލުން ދެއްވުމަށް އޭނަ އެދިވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް