މިޜޭ ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ "ހާއްސަ އިވެންޓެއް"ގައި މުހައްމާގެ އިތުރުވެސް ގިނަ ބަޔަކު ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.
މުހައްމާ އަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީ ޓިކެޓުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު އޭރު ވެރިކަންކުރި ޕާޓީ ޕީޕީއެމްއަށް ސޮއިކޮށް އެ ވެރިކަމުގެ ފަހުކޮޅު އެ ޕާޓީން ވަކިވެގަނެ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅުނު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.
މުހައްމާ ވަނީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކޮށްފައެވެ. އެމްޑީޕީ ޕްރައިމަރީ އިން ބަލިވެ، އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތިލުމުންވެސް މުހައްމާ ވަނީ އެ ފަހަރު މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.