ads
ފޮޓޯ--ތޮއްޑޫ ދަނޑުތަކުގެ ތެރެއިން
ތޮައްޑޫ އާއި ރަސްދޫ އާންމު ހާލަތަށް ގެނެސްފި
އއ.ތޮއްޑުއާއި ރަސްދޫ މޮނީޓަރިންގެ ހާލަތުންނަގައިފި އެވެ.

ތޮއްޑޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މޭ މަހުގެ 24 ވަނަ ދުވަހުއެވެ. ތޮއްޑޫވަނީ މީގެ ކުރިންވެސް 2 ފަހަރު މޮނީޓަރިންގެ ހާލަތަށް ލާފައެވެ. 

ރަސްދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިމަހުގެ 17 ވަން ދުވަހުއެވެ. 12 ދުވަސްވަންދެން މޮނީޓަރިންގެ ހާލަތުގައި ރަށް ބޭއްވުމަށްފަހު މިއަދު މިވަނީ މޮނީޓަރިންގެ ހާލަތުން ނަގާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރު މޮނީޓަރިންގައި އޮތީ ޖުމްލަ 11 ރަށެކެވެ. އެއީ ޏ.ފުވައްމުލަކު، ރ.ދުވާފަރު، ގއ.ކޫއްޑޫ، ށ.ފޯކައިދު، ގދ.ނަޑެއްލާ، ކ.ކާށިދޫ، ހދ.ކުޅުދުއްފުށި، ހއ.ދިއްދޫ، މ.ކޮޅުފުށި، ށ.ފީވައް އަދި ހއ.ތަކަންދޫއެވެ.

މީގެތެރެއިން ޏ.ފުވައްމުލަކު މޮނީޓަރިންއަށް ލާފައިވަނީ މިއަހަރު މޭ މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ރ.ދުވާފަރު މޮނީޓަރިންނަށް ލާފައިވަނީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުއެވެ. ގއ.ކޫއްޑޫ 12 ޖޫންގައި މޮނީޓަރިން ލީއިރު ހއ.ދިއްދޫ މޮނީޓަރިންނަށް ލާފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ށ.ފޮކައިދޫ، ގދ.ނަޑެއްލާ އަދި ކ.ކާށިދޫ ޖުލައިމަހުގެ 13 ވަނަދުވަހު މޮނީޓަރިންނަށް ލާފާވާއިރު ހދ.ކުޅުދުއްފުށި މޮނީޓަރިންނަށް ލާފައިވަނީ ޖުލައިމަހުގެ 24 ވަނަދުވަހުއެވެ. މީގެ އިތުރުން ޖުލައި މަހު 26 ގައި ހއ.ދިއްދޫ މޮނީޓަރިންނަށް ލާފައިވާއިރު ހަމަ މި މަހުގެ 29 ވަނަ ދުވަހު ށ.ފީވަށް އަދި މ.ކޮޅުފުށިވަނީ މޮނީޓަރިންނަށް ލާފައެވެ. މީގެ އިތުރުން ހއ.ތަކަންދޫ ވަނީ މިއަދު މޮނީޓަރިންނަށް ލާާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް