ads
ޓޯކިޔޯ ގޭމްސްގައި ބޭނުންކުރާ މެޑަލްތައް
އޮލިމްޕިކްސް މެޑަލަކަށް ކިހާ ފައިސާއެއް ލިބޭކަން އެނގޭތަ؟
އޮލިމްޕިކްސް ގޭމްސްގައި ވާދަކޮށް ހޯދާ މެޑަލަކަށް ލިބެނީ ފައިސާގެ އިނާމުގެ ގޮތުގައި ކިހާވަރެއްކަން އެނގޭހެއްޔެވެ؟ އޮލިމްޕިކްސް އިންތިޒާމްކުރާ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީއަކުން މެޑަލް ހޯދިއަސް އެއްވެސް ފައިސާގެ އިނާމެއް ނުދެއެވެ. އެހެންނަމަވެސް އެކި ގައުމުތަކުން އެ ގައުމެއް ތަމްސީލްކުރާ އެތްލީޓުންނަށް އެކި މިންވަރަށް ފައިސާގެ އިނާމުދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮލިމްޕިކްސްގައި މެޑަލް ހޯދުމުން އެންމެ ބޮޑު ފައިސާގެ އިނާމެއް ދެނީ ސިންގަޕޫރުންނެވެ. ސިންގަޕޫރުގެ އެތުލީޓަކު އޮލިމްޕިކްސްއިން ރަން މެޑެއްޔެއް ހޯދައިފިނަމަ ފައިސާގެ އިނާމުގެ ގޮތުގައި ހަތް ލައްކަ ތިރީސް ހަތް ހާސް އެމެރިކާ ޑޮލަރު ފައިސާގެ އިނާމުގެ ގޮތުގައި އެ އެތްލީޓަކަށް ދެއެވެ. ސިންގަޕޫރުން، ރިހި މެޑަލަކަށް ތިން ލައްކަ ފަސްދޮޅަސް ނުވަހާސް އެމެރިކާ ޑޮލަރުދެއެވެ. ލޯ މެޑަލަކަށް ސިންގަޕޫރުން އެއް ލައްކަ އަށްޑިހަ ހަތަރުހާސް ޑޮލަރު ދެއެވެ.

މެޑަލް ހޯދާ ކުޅުންތެރިންނަށް ފައިސާގެ ބޮޑު އިނާމެއްދޭ ދެވަނަ ގައުމަކީ ކަޒަކިސްތާނެވެ. އެ ގައުމުން ރަން މެޑަލް ހޯދާ އެތްލީޓުންނަށް ދެ ލައްކަ ފަންސާސް ހާސް ޑޮލަރުގެ އިނާމެއް ދޭއިރު، ރިހި މެޑަލަށް އެއް ލައްކަ ފަންސާސް ހާސް އަދި ލޯ މެޑަލަކަށް ހަތްދިހަ ފަސްހާސް ޑޮލަރުދެއެވެ. މެލޭޝިޔާއިން ރަން މެޑަލަކަށް ދެ ލައްކަ ތިރީސް ހަ ހާސް އަދި ރިހި މެޑަލަކަށް އެއް ލައްކަ ހަތް ހާސް ޑޮލަރު ދެއެވެ. ފިލިޕީންސްގައިވެސް ރަން މެޑަލަކަށް ދެ ލައްކަ ޑޮލަރު އަދި ރިހި މެޑަލަކަށް ނުވަދިހަ ނުވަހާސް ޑޮލަރުގެ އިނާމެއް ދެއެވެ.

ފައިސާގެ އިނާމުގެ އިތުރުން ބައެއް ގައުމުތަކުން އެހެންވެސް ބައެއް އިނާޔަތްތައް އެތުލީޓުންނަށް ދެއެވެ. އެގޮތުން އޮލިމްޕިކްސް މެޑަލް ހޯދާ އެތުލީޓުންނަށް މުޅި އުމުރަށް މުސާރަ ދިނުމާއި، ބޭސްފަރުވާ އަދި އެހެންބައެއް އިނާޔަތްތައްވެސް ދީއުޅެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް