ads
މަނީ ހެއިސްޓް ސީޒަން 5 ގެ ފޮޓޯއެއް
މަނީ ހެއިސް ސީޒަން 5 ގެ ޓްރެއިލާބެލުމަށް ފޭނުން ކެތްމަދުވެފާ
މަނީ ހެއިސްޓް ސީޒަން 5 ގެ ޓްރެއިލާ އަންނަ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފަވާއިރު ފިލްމުގެ އާ ފޮޓޯތަކެއް މިވަނީ ފޭނުންނަށް ދައްކާލާފައެވެ.

ފުރަތަމަ ފޮޓޯއިން ފެނިގެންދަނީ ޕަލަރްމޯ، ލިސްބޮން، މަނީލާ އަދި ޑެންވާ ވަރަށް މަޑުމަޑުން ދުޝްމިނުންނާ ދިމާއަށް ކުރިޔަށް ދާތަނެވެ. ދެވަނަ ފޮޓޯއިން ފެނިގެންދަނީ ޓޯކިޔޯ ވަރަށް ސަމާލުކަމާ އެކު ކޮންމެވެސް އެއްޗެއް އަޑުއަހަމުންދާ ތަނެވެ. 

ތިނަވަނަ ފޮޓޯއަކީ ފޭނުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ ފޮޓޯއެވެ. މި ފޮޓޯއިން ފެނިގެން ދަނީ ކޮޕް އަލިސިއާ ސިއެރާ ޕްރޮފެސާގައިގައި ޗޭނު ޖަހައިގެން ގެންދާތަނެވެ. އެންމެ ފަހު ފޮޓޮއެއްގެ ގޮތުގައި ފެނިގެންދަނީ ރިއޯ ޑެންވާ ގެ ފަހަތުގައި ހުންނަތަނެވެ.

މަނީހެއިސްޓްއަކީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ސީރީޒް އެކެވެ. އަދި ސީޒަން 5 ބެލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

ސީޒަން 5 ނެޓްފްލިކްސްގައި ޕްރެމިއާ ކުރެވިގެންދާނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި ޕާޓް 2 ރިލީޒް ކުރާނީ ޑިސެންބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. މިއީ މަނީ ހެއިސްޓްގެ އެންމެ ފަހު އަދި ފައިނަލް ސީޒަންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް