ads
ޑައިޓްނުކޮށް ބަރުދަން ލުއިކުރެވިދާނެ
ޑައިޓް ނުކޮށް ބަރުދަން ދައްކޮށްލަން ބޭނުންތޯ؟
ޑައިޓް ނުކޮށް ބަރުދަން ދަށްކޮށްލަން ބޭނުންނަމަ މިއޮތީ ކުރެވިދާނެ ބައެއް ކަންކަމެވެ.

ބަރުދަން ލުއި ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ބައެއްމީހުން އެއްމަސް ދުވަސްތެރޭގައި 10 ޕައުންޑްސް ދައްކޮށްލާއިރު އަނެއްބައި މީހުންނަށް 10 ޕްއުންޑްސް ދައްކޮށްލެވޭނީ 1 އަހަރުންނެވެ. އެއީ މައަސަލަ އެއް ނޫނެވެ. ބަރުދަން ލުއި ވުމާ އިތުރުވުން ގުޅިފައިވަނީ މީހާގެ ޖީންސްއާއި މީހާގެ ސިއްހަތާއެވެ. ނަމަވެސް ބަރުދަން ލުއިކުރަން ބޭނުންނަމަ ކޮންމެހެން ނުކައިހުރެ ޑައިޓްއެއް ކުރާކަށް ނުޖެހެއެވެ. މިއޮތީ ކުރެވިދާނެ ބައެއްކަންކަމެވެ. 

ފުރަތަމަ ކަމަކަށް ހެނދުނުގެ ނާސްތާ ނުކައި ދޫކޮށް ނުލާށެވެ. ގިނަމީހުން ހެނދުނުގެ ނާސްތާގެ ގޮތުގައި ކަޅުކޮފީ ތައްޓެއް ބޯލައިގެންނެވެ. އޭގެބަދަލުގައި ހެނދުނުގެ ނާސްތާއަށް ރަނގަޅުކާނާ ކައިގެން ހުންނާށެވެ. ހެނދުނު ހުސްބަނޑާ ހުންނަނަމަ ދުވަހުގެ އެހެން ވަގުތު ތަކުގައި ބޮޑަށް ވަރުބަލިކަން އިހުސާސްވެ ބަނޑުހައިވާނެއެވެ. 

ދެންކުރެވިދާނެ ކަމަކީ ދަންވަރގަޑީގައި ނުކައިވޭތޯބަލާށެވެ. އެއީ ރޭގަނޑުގެ ވަގުތަކީ އިންސާނާގެ ހަށިގަނޑު އެންމެ މަދުން ކެލޮރީ ބާން ކުރާ ވަގުތަށްވުމުން އެގަޑީގައި ކާނާބަދަލުވަނީ ފެޓްއަށެވެ. މިހެންވުމުގެ ސަބަބުން ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ. މީގެއިތުރުން ކުރެވިދާނެކަމަކީ ގިނައިން ތަރުކާރީއާއި މޭވާ ކާށެވެ. މިއީ ވައިރަސް ގިނަމީހުން އަބަދުވެސް ބުނާވާހަކައެކެވެ. ޑޮކްޓަރެއް ނުވަތަ ޓިޗަރެއްވިޔަސް އަބަދުހެން ބުނެއުޅެނީ ގިނައިން ތަރުކާރީ އާއި މޭވާ ކާށެވެ. މިއީ ތެދުވާހަކައެކެވެ. ތަރުކާރިއާއި މޭވާ އަކީ ވަރަށް ބައިވަރު ވިޓަމިންސް އަދި ހަށިގަނޑަށް ފައިދާ ކުރުވަނިވި މާއްދާތައް ހިމެނޭ އެއްޗެކެވެ.

އެންމެ މުހިންމުކަމަކަށް އަބަދުވެސް ކޮންމެވެސް ކަހަލަ ކަސްރަތެއްކުރެވޭތޯ ބަލާށެވެ. މިސާލަކަށް އޮފީހަށް ސައިކަލުގައި ދިޔުމުގެ ބަދަލުގައި ހިނގާލާފައި ދެވިދާނެއެވެ. އަދި ލިފްޓުން އެރުމުގެ ބަދަލުގައި ސިޑިން އެރުމުން ކެލޮރީސް ބާންވެ ބަރުދަން ލުއިވުމަށް މަގުފަހިވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް