ads
ހުޅުމާލެ——
މާލޭސިޓީ ކައުންސިލުން ގަރާޖާއި އެއްބަސްވުން ޗެކްކުރަނީ
މާލެ އަދި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތައް ހަމަޖައްސައިފިކަމަށް އެކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރު: (IUL)202-A/1/2021/65 ،( 12 ޖުލައި 2021 ) އިޢުލާނުން ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް 01 އޯގަސްޓް 2021 އިން ފެށިގެން މާލޭ ސިޓި ކައުންސިލްއިން ކުރާގޮތަށް ބަދަލުކުރައްވާފައިވާކަމަށެވެ. 

" 01 އޮގަސްޓް 2021 ވަނަ ދުވަހުންފެށިގެން މާލެ އަދި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތައް ހަމަޖައްސައިފީމެވެ." މިއަދު ގެޒެޓް ކުރި އިއުލާނުގައި ވެއެވެ.

         މިޚިދުމަތައް އެދިވަޑައިގަންނަވާ ފަރާތްތަކުން އެކަމާއި ގުޅޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަން ) އިއްޒުއްދީންމަގު، ރާވެރިބޭ ފުޑްކޯޓްތައް ކުރިމަތި ) ގެ ރިސެޕްޝަން، އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން ( އެޗް.ޑީ.ސީ ބިލްޑިންގ 1 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުމަށް އެކައުންސިލުން އެދިފައިވއެވެ.އަދި ފޯމް ލިބިވަޑައި ގަންނަވާނީ މަތީގައި ބަޔާން ކުރެވުނު 2 ސެކްޝަނުންނާއި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް ((https://malecity.gov.mv އިން 01 އޯގަސްޓް 2021 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް މާލޭ ސިޓީކައުންސިލުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް