ads
ވެހިކަލްތަކެއް
މަގުމަތީގައި ނުދުއްވާ ގިނަދުވަސްވީ އުޅަނދުތައް ނަގަނީ
މާލޭ ސިޓީ މަގުމަތީގައި ނުދުއްވައި، ގިނަދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަ އުޅަނދު ތަކާއި މީހުން ހިނގާ ބިނގާވެ އުޅުމަށް އުނދަގޫ ވާގޮތަށް ހުންނަ އުޅަނދުތައް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހޯމަދުވަހުން ފެށިގެން ފުލުހުންނާ ގުޅިގެން އެމަސައްކަތް ކުރަން އެކައުންސިލުން ފަށާނެ ކަމަށެވެ.

"މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު މިކައުންސިލާއި ، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން 2 އޯގަސްޓް 2021 ވަނަ ދުވަހުން ފެށިގެން ނަގަމުން ގެންދާނެކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ." މާލޭ ސިޓީ ކައުންސިލް އިއުލާން

މަގުމަތީގައި އެގޮތަށް ބަހައްޓާފައި ހުރި އެފަދަ އެއްގަމު އުޅަނދު ފަހަރު ( ވެހިކަލް )  ނަގައި  މަގުމަތި ކުރުމަށްވެސް އެކައުންސިލުން އަންގައެވެ.

އަދި އެކައުންސިލުން ބުނީ ބަޔާންކުރެވިފައިވާ އުޅަނދު ފަހަރުގެ ވެރިފަރާތުން ނުނަގައި ހުންނަ އެއްގަމު އުޅަނދުފަހަރު ގަވައިދު ނަމްބަރ 2012/R-1 " އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު "   ގެ 6 ( ހައެއް ) ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެ ކަން އަންގާ ކަމަށެވެ. އަދި އެއްގަމު އުޅަނދު ( ވެހިކަލް ) ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް އެކައުންސިލުން ޒިންމާ ނުވެވޭނެ ކަމުގައި އަންގާ ޢިޢުލާނު ކުރާކަމަށްވެސް ކައުންސިލްގެ އިއުލާނުގައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް