ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު، މުލިޔާގެ ބޭރުގައި މީހަކާއި ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް ސޯލިހު
މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް
މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ

މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދީގެން ޖުލައި ނުވަވަނަ ދުވަހު ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެ ދެ މީހުން ހައްޔަރުކުރީ  މުލިއާގެ ކައިިރީގައި ތިބެ އެ މީހުންގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެ އަޑު ގަދަ ކުރުމާ ގުޅިގެންނެވެ. އަދި އެމީހުންވަނީ ގޮއްވާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފައެވެ.

އެދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންާއި ސިފައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.ދެމީހުން ހައްޔަރު ކުރި ނަމަވެސް އެތަނުން އެކަކު ވަނީ އެރޭ ދޫކޮށްލާފައެވެ. މިހާރު ހައްޔަރުކޮށްފައިވަނީ އިންޒާރުދިން މީހާއެވެ.

މިހާރު ހައްޔަރުކޮށްފައިވާ މީހާ، ބަންދުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހު އިތުރުކުރީ، ބަންދަށް ފުރަތަމަ ހަތް ދުވަސް ދިނުމަށް ފަހުއެވެ.  ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން މިހާރު ވަނީ 15 ދުވަަސް އިތުރު ކޮށްފަ އެވެ. ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

ހައްޔަރު ކޮށްފައި ހުރި މީހާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.

2015 ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު މުލީއާގެ ކައިރިން ގޮއްވާލުމަށް ތައްޔާރުކޮށް އެއްގަމުގައި ދުއްވާ އުޅަނދެއްގައި ބާއްވާފައި އޮތް ބޮމެއް ފެނި އެބޮން ރައްކާތެރިކަމާއެކު ނައްތާލާފައިވަނިކޮށް މާލޭގެ ދެ ތަނެއްގައި ބޮމެއްކަމަށް ސިފަވާ ގޮތަށް ތައްޔާރުކޮށްފައިވާ ދެ އެއްޗެއް ބަޔަކު ބާއްވާ އާންމުންގެ ތެރޭގައި ބިރުވެރިކަންވަނީ 2015ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ވެސް އުފައްދާފައެވެ.

އެމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބޮމެއް ކަމަށް ސިފަވާގޮތަށް ތައްޔާރުކޮށް ކަސްޓަމްސްގެ އިމާރާތުގެ ކައިރީގައި އާއި ފަސް ވަނަ ދުވަހު ދިރާގުގެ މައި އިމާރާތުގެ ކައިރީގައިވެސް ވަނީ ބޮމެއް ގޮތަށް އެއްޗެއް ބާއްވާ ބިރުވެރިކަން އުފައްދާފައެވެ.

އެފަދަ އަމަލުތައް ފުލުހުން ބަލަނީ ޓެރަރިސަމް އަމަލުތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން
ފުލުހުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ހަތް ދުވަސް ވަނީ މިހާރު ޖަހާފައެވެެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް