ads
އަފްގާން ސަރުކާރުގެ ސިފައިންގެ މީހަކު ހަމަލާ ބަދަލުކުރަނީ- ފޮޓޯ: ބީބީސީ
އަފްގާނިސްތާންގެ 3 ސިޓީއެއް ހިފުމަށް ތާލިބާނުންގެ ހަމަލާ ވަރުގަދަކޮށްފި
އަފްގާނިސްތާންގެ ހުޅަނގާއި ދެކުނުގެ ސިޓީތައް ސަލާމަތީ ބާރުތަކުގެ އަތުން ހިފުމަށް ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށްފި އެވެ.

ހެރަޓް، ލަޝްކަރް ގަހް ގެ އިތުރުން ކަންޑަހަރް ސިޓީއަށް އާދިއްތަ ދުވަހު ތާލިބާނުން ވަނީ ހަމަލާދޭން ފަށާފައެވެ. ބޭރުގެ ސިފައިން ސެޕްޓެމްބަރު މަހުގެ ކުރިން އަފްގާނިސްތާނުން ފައިބާނެކަން އިއުލާން ކުރުމުން ތާލިބާނުން ވަނީ އެގައުމުގެ ފަގީރު ހިސާބުތައް ހަލުވި ދުވެއްޔެގައި ހިފާފައެވެ. 

ތާލިބާނުންގެ އަތް ދަށަށް އެ ސިޓީތައް ގޮސްފި ނަމަ އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި އަފްގާނިސްތާންގެ ސަލާމަތީ ބާރުތަކުން ތާލިބާނުން ހިފަހެއްޓޭނީ ކިހާ ދުވަހަކަށް ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. 

ތާލިބާނުން ވަނީ އިރާނާއި އަފްގާނިސްތާާން ގުޅޭ ބޯޑަރު އަދި ޕާކިސްތާނާއި އަފްގާނިސްތާނާއި ގުޅޭ ބޯޑަރުގެ އިތުރުން ތަޖިކިސްތާނާއި އަފްގާނިސްތާން ގުޅޭ ބޯޑަރުތައް ވެސް ހިފާފައެވެ. 

އަދި މިހާތަނަށް އެއްވެސް ޕްރޮވިންސެއްގެ ވެރިކަން ކުރާ ސިޓީއެއް ތާލިބާނުންގެ ބާރުދަށަށް ގޮސްފައި ނުވާއިރު އަފްގާނިސްތާންގެ ބޮޑު ތިން ސިޓީއެއް ހިފުމަށް ތާލިބާނުން ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ. 

އާދިއްތަ ދުވަހު ތާލިބާނުންގެ ރޮކެޓް ހަމަލާއެއްގައި ކަންޑަހަރް އެއާޕޯޓްއަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ހަމަލާގައި އެއާޕޯޓް ރަންވޭއަށް ލިބުނު ގެއްލުމާއި ގުޅިގެން އެއާޕޯޓްގެ ފްލައިޓް އޮޕަރޭޝަންސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެގައުމުގެ އޮފިޝަލަކު އަލްޖަޒީރާއަށް ބުނީ ހަމަލާތަކަށް ވައިގެ މަގުން ރައްދު ދެމުން އަންނަ ކަމަށާއި، އެމެރިކާއިން އަންނަނީ ކަން ހިނގާ ގޮތް ވަރަށް ގާތުން ބަލަމުން ކަމަށެވެ.

އަދި މިވަގުތު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި ސިޓީތަކުގެ ހާލަތު އޮތީ ވަރަށް ބިރުވެރިކޮށް ކަމަށް އޭނާ ބުނެއެވެ. އޭގެ އިތުރުން ސިޓީގައި އުޅޭ ތާލިބާނުންގެ ބައެއް ސަޕޯޓަރުން އެމީހުންނަށް މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް