ads
ރައީސް ނަޝީދު (ކ) އަދި ޝަހީދު (ވ) ބައްދަލު ކުރައްވަނީ ފޮޓޯ:--
ހަރުކަށި ފިކުރުގެ "ރޫޓު ކޯޒެސް" އަށް ސަމާލުކަން ނުދީ ކާމިޔާބީއެއް ނުލިބޭނެ: ޝަހީދު
ބާކީކޮށްލުމަކީ ހަރުކަށި ފިކުރުމުގެ ބައެއް "ރޫޓް ކޯޒް" ކަމަށާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި "ރޫޓު ކޯޒެސް" އަށް ސަމާލުކަން ނުދީ، ކާމިޔާބީއެއް ނުލިބޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ޚާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅު ވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސާލިހު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓްގު ކުރައްވާ ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި، "ރޫޓު ކޯޒެސް" ނުވަތަ މައްސަލަތައް ފެށިގެން އަންނަ ހިސާބަށް ސަމާލުކަން ނުދީ ހަރުކަށި ފިކުރު ހުއްޓުވުމުގައި ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ.

 

ޝަހީދު ވިދާޅުވީ ކޮރަޕްޝަނާއި، ތަފާތުކުރުމާއި، ސަރުކާރުގެ އިހުމާލުތަކުގެ އިތުރުން މަގާމުތަކަށް ނާގާބިލު މީހުން އެ މަގާމުތަކަށް އައްޔަން ކުރެވުމުގެ އިތުރުން މާލީ ތަނަވަސްކަމަށް ބަލާ ތަފާތުކޮށް ބާކީކޮށްލުން މިއީ ހަރުކަށި ފިކުރުމުގެ ބައެއް "ރޫޓް ކޯޒް" ކަމަށެވެ. 

ރާއްޖޭގައި ފަހަކަށް އައިސް ހަރުކަށި ފިކުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ދާދިފަހުން ރައީސް ނަޝީދަށް އަމާޒުކޮށް ދެވެނު ހަމަލާގެ ފަހަތުގައި ތިބީ ވެސް ހަރުކަށި ފިކުރުގެ ބައެއް ކަަމަށް ދިވެހިން ފުލުހުން ވަނީ ބުނެފައެވެ. 

ހަރުކަށި ފިކުރު ހުއްޓުވުމުގެ ގޮތުން ދިވެހިން ސަރުކާރާއި ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ތަފާތު އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް