
އާދިއްތަ ޓޯކިއޯ އޮލިމްޕިކްސް 2020ގެ ފިރިހެނުންގެ ހައިޖަމްޕް އިވެންޓްގައި ގަތަރުގެ މުއުތަޒް ބަރްޝިމް އާއި އިޓަލީގެ ގިއަމާކޯ ތެމްބެރި އާ ވާދަކުރި އިރު ދިމާވީ މަދުން ނޫނީ ނުފެންނަ ހާލަތެކެވެ.
ދެ އެތުލީޓުންވެސް ދިޔައީ ހައިޖަމްޕް އިވެންޓުގައި ވަރަށް ފުރިހަމަކަމާއެކު ބާ އުފުލި ވަރަކަށް އޭގެ މަތިން ފުއްމަމުންނެވެ. ނަމަވެސް ބާ އޮލިމްޕިކް ރިކޯޑް އުސްމިން ކަމަށްވާ 2.39 މީޓަރު (7 ފޫޓް 10 އިންޗި) އަށް އުފުލުމުން ދެ ޖަމްޕަރުން ތިން ފަހަރު ބާ މަތިން ފުންމަން ކުރި މަސައްކަތް ނާކާމިޔާބުވެ ކޮޅެއްގައި ނުޖެހުމުން ދެ އެތުލީޓުންވެސް ވަނީ ގޯލްޑް މެޑަލް ބައި ކުރަން ނިންމާފައެވެ.
ގޭމަށް ފަހު ބަރްޝިމް ބުނީ އޭނާ ކުރި މަސައްކަތަށް ގޯލްޑް މެޑަލް ހައްގު ކަމަށެވެ. އަދި އޭނާ ދެކޮޅަށް ވާދަކުރި ގިއަމާކޯ ވެސް ހަމަ އެވަރަށް މަސައްކަތް ކުރި ކަމަށާއި އޭނާއަށް ވެސް ގޯލްޑް މެޑަލް ހައްގު ކަމަށެވެ. އޭނާ ބުނީ މިއީ އެމީހުން ޒުވާޏް ޖީލަށް ފޮނުވާ މެސެެޖެއް ކަމަށެވެ.
ދެ އެތުލީޓުން ގޯލްޑް މެޑަލް ބައިކުރަން ނިންމުމުން ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ބަޔަކު އަނީ އެކަމަށް ތައުރީފް ކުރަމުންނެވެ.