ads
ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހް (23އ) ފޮޓޯ:---
ފާތިހުގެ މައްޗަށް ދައުވާއެއް ކުރެވެން ނެތް: ޕީޖީ
ލ.ގަން ތުނޑި، ދުންފިނިއުފާ، އަހްމަދު ފާތިހްގެ މައްޗަށް މިވަގުތު ދައުވާއެއް ކުރެވެން ނެތް ކަމަށް ޕޮސިކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިކަން ހާމަކުރެއްވީ ވިދާޅުވީ މޭ ހައެއްގެ ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކުރާ ދައުވާތަކާ ގުޅޭ ތަފްސީލު ހާމަކުރުމުގެ ގޮތުން ޕީޖީން މިއަދު ވަނީ ނޫސްވެރިންނާއިއެކު ބޭއްވި ޕްރެސްގައެވެ.

މި މައްސަލާގައި ފާތިހު ހައްޔަރު ކުރީ ބ. ދަރަވަންދޫއިންނެވެ. އޭނާ އަކީ މީގެ ކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ އެވަޒީފާއިން ވަކީ މިއަހަރު އަމިއްލަ އަށެވެ. 

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ފާތިހް އަކީ ހަމަލާއަށްފަހު އަދުހަމް ފިލަން އެހީތެރިވުމަށް މުޖާޒް ސައިކަލުގައި އެހެން ތަނަކަށް ގެންދިއުމުގައި ހަރަކާތްތެރިވި މީހާއެވެ. 

މި ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ އަދުހަމްގެ މައްޗަށް ޖުމްލަ 23 އަހަރު ދުވަހުގެ ހުކުމެއް އަންނަ 4 ދައުވާއެއް އުފުލިފައިވާ ކަމަށެވެ. 

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ. 

އަދުހަމްގެ އިތުރުން އިތުރު 3 މީހެއް މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ 

މުޖާޒް އަޙްމަދާއި ތަހުމީން އަޙްމަދުގެ އިތުރުން ޢަލީ ހައިޝަމް މައްޗަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް