ads
މިޝްކާ
މިޝްކާގެ މަރާގުޅޭ މައުލޫމާތު ފުލުހަށް ދީފި
ކޮވިޑަށް ޕޮޒިޓިވްވެ، އެމްބިއުލާން ދިއުން ލަސްވެ، ފަރުވާ ދިނުމުގައި އިހްމާލުވުމާ ގުޅިގެން މަރުވި ފާތިމަތު މިޝްކާގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވި މައުލޫމާތު ފުލުހުންނަށް ފޮނުވައިފިއެވެ.
Advertisement

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާން (ތަހޭ) ސީއެމްއެން އަށް ވިދާޅުވީ ފުލުހުންނަށް ފޮނުވި މައުލޫމާތުގެ ތެރޭގައި މިޝްކާގެ މަރުގެ މައްސަލާގައި އެ މިނިސްޓްރީއަށް ފާހަގަކުރެވުނު ހުރިހާ މައުލޫމާތެއް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް މިޝްކާގެ މަރުގެ މައްސަލާގައި އިހްމާލުވި މީހުންނާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މިޝްކާގެ މަރުގެ ރިޕޯޓުގައި އެޗްއީއޯސީން ވަނީ އެޗްއީއޯސީ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އެޗްޕީއޭގެ އޯބީ ސިސްޓަމަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކޯލް ސެންޓަރުން އިމަޖެންސީއެއްގައި އަމަލުކުރަން ޖެހޭ މިންވަރަށް އަވަސްކޮށްފައިނުވާ ނކަމަށާއި އެޗް.އީ.އޯސީގެ ކްލަސްޓަރ ތަކުގެ މެދުގައި ކޮމިއުނިކްޓްކުރުމުގައި އެކިއެކި ވަޞީލަތްތައް ބޭނުންކުރާތީ ގޮންޖެހުންތަކާއި ކުރިމަތިވާކަން އަދި ހުރިހާ މައުލޫމާތެއް އެކުލެވޭގޮތަށް އެއް ޕްލެޓްފޯމެއް ނެތުމުގެ ސަބަބުން އެޗްއީ.އޯ.ސީގައިކަން ހިނގާގޮތް މޮނިޓަރ ނުކުރެވުވޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ހެލްތް މިނިސްޓްރީން ނިންމާފައިވަނީ އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައިވާ ކަމަށެވެ.

އަދި އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް އެފަރާތުގެ ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، ކުއްޖާ ބަލާ ފޮނުވާނެ ކަމަށް ތަކުރާރުކޮށް ބުނިއިރު، އެންބިއުލޭންސް ޓްރިގާ ކޮށްފައިނުވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. 

"މިއާއެކު އެޗް.އީ.އޯ.ސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވެއެވެ. މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ." ހެލްތް މިނިސްޓްރީގެ ނިންމުމުގައި ބުނެފައިވެއެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ބުނީ މި ހާދިސާ ހިނގަން މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައް ކަމަށެވެ.

އަދި މި ރިވިއުއަށް ބަލައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިޝްކާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް