ވޫހާން ސިޓީން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ސިޓީގައި ދިރިއުޅޭ ހުރިހާ ފަރާތްތައް ކޮވިޑް-19 އަށް ޓެސްޓުކުރަން ޗައިނާގެ ސިއްހީ އޮފިޝަލުން ވަނީ ނިންމާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޫހާން ސިޓީއިން ފާއިތުވި 10 ދުވަސް ެރޭގައި ވަނީ 300 ކޮވިޑް ކޭސް ފެނިފައެވެ. އަދި ޗައިނާގެ 15 ޕްރޮވީންސް އަކުން ބަލި ފެނުމާއި ގުޅިގެން އެ ޕްރޮވިންސްތަށް ލޮކްޑައުންކޮށް ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި މީގެ އިތުރުން ޗައިނާގެ ވެރިރަށް ބެއިޖިން އިންވެސް މިހާރުވަނީ ބަލި ޖެހިފައިވާ ބަޔަކު ފެނިފައެވެ.
ދުނިޔޭގަ ކޮވިޑް-19ގެ ކޭސްތައް ހަލުވިކަމާއިއެކު ފުރަތަމަ ފެތުރެން ފެށީވެސް ޗައިނާގެ ވޫހާން ސިޓީގައެވެ. 11 މިލިޔަންގެ އާބާދީއެއް އޮންނަ ވޫހާން ސިޓީން އަންގާރަ ދުވަހު އެކަނިވެސް ވަނީ 90 ކޮވިޑް-19ގެ އެކްޓިވް ކޭސް ރިޕޯޓުކޮއްފައެވެ. ޗައިނާ އިން މިފަހަރު ބަލި ފެނިފައިވަނީ ނަންޖިންގެ ކާރޫބާރު ބޮޑު އެއާރ-ޕޯޓެއްގެ މަސައްކަތްތެރިން ތަކެއްގެ ގައިންނެވެ. މި ކޭސްތަކާއި ގުޅިގެން ސިއްހީ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި ނަންޖިންގެ 9.2 މިލިޔަން މީހުން ވަނީ ތިން ފަހަރެއްގެ މަތިން ކޮވިޑް-19 އަށް ޓެސްޓުކޮއް ކަރަންޓީނު ކުރެވިފައެވެ.
މީގެ ކުރިން ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރިގޮތާއިމެދު ދުނޔޭގެ ބޮޑެތި އެކި ގައުމުތަކުން ވަނީ ތައުރީފުކޮއްފައެވެ.