
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ރާއްޖެއިން ޓެސްޓު ކުރެވުނު 5،449 ސާމްޕަތަކުގެ ތެރެއިން 2،181 ސާމްޕަލްތަކަކީ މާލެ ސަރަހައްދުން ނެގުނު ސާމްޕަލެވެ.
މާލޭ ސަރަހައްދުން ނެގުނު 2،181 ސާޕްތަކުގެ ތެރެއިން ޕޮޒިޓިވްވީ 26 މީހުންނެވެ. އަތޮޅުތަކުން އަތޮޅުތަކުން ނެގުނު 3،268 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 91 މީހުންނެވެ. އަދި ރިސޯޓްތަކުން މިއަދު 8 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،758 އަރާގަފައެވެ. މިހާތަނަށް 75،065 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު މިވަގުތު ވެސް ބަލި ޖެހިފައި ތިބި 2،459 މީހުން ރާއްޖޭގައި އެބަތިއްބެވެ.
ފަހަކަށް އައިސް އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
މިހާތަނަށް ރާއްޖެއިން 222 މީހަކު މިބަލީގައި މަރުވެފައިވެއެވެ.