ފުލުހުން މިއަދު އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ އެމް.އެމް.އޭ ސަރަހައްދުން މީހަކު ބައިސްކަލެއްގައި ދުއްވާފައިވާ މަންޒަރެވެ. އެމީހާ ހުރީ ކުލައެއްގެ ގޮޅި ޖެހި ގަމީހެއް ލައިގެން ބޮލުގައި ތޮއްޕެއް އަޅައިގެންނެވެ.
ފުލުހުން ވިދާޅުވީ މި ވީޑިއޯއިން ފެންނަ މީހަކީ 2021 ޖޫން 30 ވަނަ ދުވަހުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު ލޯކަލް މާރުކޭޓް ކުރިމަތިން ބައިސްކަލެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ. އެހެންކަމުން މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 489048 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށެވެ.