ތަމްރީނު ޕްރޮގްރާމްތައް ފެށުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ފުލުހުން ވިދާޅުވީ މިއަދު ފެށި އެ ތަމްރީނު ޕްރޮގްރާމްތަކަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން މިހާރުގެ ހާލަތާ އެކަށީގެންވާ ތަމްރީނާއި ހުނަރު ލިބިފައި ތިބި ބަޔަކަށް ހެދުމާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފެށި ތަމްރީނު ޕްރޮގްރާމްތަކެއް ކަމަށެވެ.
މި އަހަރުގެ ޑިސެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
އިންޑޯ ކްލާސްތަކާއި އައުޑްޑޯ ކްލާސްތަކާއެކު ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމްތައް އެކި ދުވަސްތަކަށް ބަހާލައިގެނެވެ.