އުރީދުއިން ކޮށްފައިވާ ޓްވީޓް އެއްގައި ބުނެފައިވަނީ އުރީދޫ ޓެގްކޮށް ސޯޝަލް މީޑިއާއަށް ޕަބްލިކް އެކައުންޓެއް މެދުވެރިކޮށް OoredooAtholhuDhuvun# ބޭނުންކޮށްގެން ފޮޓޯތައް ހިއްސާކުރަމުން ގެންދިއުމަށެވެ.
ފޮޓޯ ޝެއާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވިފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ރޭގަނޑު 11:59 އާ ހަމައަށެވެ.
އުރީދޫ އަތޮޅު ދުވުމަކީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން 2020 ވަނަ އަހަރު ފެށި ހަރަކާތެކެވެ. އުރީދޫގެ މި ހަރަކާތައް ގިނަ ބައެއްގެ ޝައުގުވެރިވަން ވަނީ ލިބިފައެވެ. ކޮންމެ ފަހަރަކު ވެސް ގިނަ އަދަދެއްގެ ފަރާތްތަކުން މި ދުވުމުގައި ބައިވެރިވެއެވެ.