ads
ޕްރިމިއާ ލީގު ބައެއް ކުޅުންތެރިން ފޮޓޯ:---
މި ސީޒަންގެ ޕްރިމިއާ ލީގު މެޗުތައް ވެސް އަައިސް ސްޕޯޓްސްއިން
ކުރިއަށް އޮތް 2021/22 ފުޓްބޯޅަ ސީޒަނުގެ އިނގިރޭސި ޕްރިމިއަ ލީގު މެޗުތައް ލައިވްކޮށް ދެއްކުމަށް މީޑިއާނެޓުން ނިންމައިފި އެވެ.

މީޑިއާ ނެޓުން ބުނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ މެޗުތައް މީޑިއާނެޓުގެ އައިސް ސްޕޯޓްސް ޗެނަލް (102) އަދި ޕީއެލް ޓީ.ވީ (808) މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެ ކަމަށެވެ. ޓީވީގެ އިތުރުން މީޑިއާ ނެޓުގެ މަލްޓިސްކްރީން ހިދުމަތް މެދުވެރިކޮށް މި މެޗުތައް ކޮންމެ ތާކުހުރެގެން ވެސް ފޯނު، ލެޕްޓޮޕް ނުވަތަ ޓެބްލެޓަކުން ވެސް ބަލާލެވޭނެ އެވެ. 

ދިވެހިންގެ މެދުގައި ޕްރިމިއާ ލީގު ފުޓްބޯޅައިގެ ފޯރި ގަދައެވެ. ކޮންމެ ސީޒަނެއްގައި ވެސް ގިނަ ބަޔަކު ލީގުގެ މެޗުތައް ބަލާއިރު މި މެޗުތައް ބެލުމަށް ދިވެހިންގެ މެދުގައި އެންމެ މަގުބޫލުކަން ހޯދަފައިވަނީ އައިސް ސްޕޯޓްސް އެވެ. 

އައިސް ސްޕޯޓްސްއިން ޕްރިމިއާ ލީގުގެ އިތުރުން ބައެއް އެހެން ލީގުތަކުގެ މެޗުތައްވެސް އަންނަނީ ގެނެސްދެމުންނެވެ. 

މިފަހަރުގެ ޕްރިމިއާ ލީގު ފަށާ މެޗުގައި ބައްދަލު ކުރަނީ ބްރެންޓްފޯޑު އަދި އާސެނަލް އެވެ. މި މަހުގެ 14 ވަނަ ދުވަހު ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 00:00 ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް