ads
ޖާބިރު އިހުތިޖާޖު ކުރައްވަނީ ފޮޓޯ:--- ސޯޝަލް މީޑިއާ
ޕާސްޕޯޓު ދޫކޮށްލުމުން ޖާބިރު އެމެރިކާއަށް
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލިތާ މާގިނަ ދުވަސްތަކެއްނުވެ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޖާބިރު ފުރާވަޑައިގަތީ އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ ދަތުރުފުޅެއްގައެވެ. 

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޖާބިރު ޕާސްޕޯޓު ސިވިލް ކޯޓުން ވަނީ ހިފަހައްޓާފައެވެ. ސިވިލް ކޯޓުން ޖާބިރު ޕާސްޕޯޓު ހިފަހެއްޓީ މީހަކަށް ދޭން ޖެހޭ ފައިސާގެ މައްސަަލައެއްގައެވެ. 

ޖާބިރު ވަނީ ރައީސް މައުމޫން އޭނާގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އަނބުރާ ނުދައްކަވައިގެން ކަމަށް ބުނެ އިއްޔެ ކިނބިގަސްދޮށުގެ ސަރަހައްދުގައި އިހުތިޖާޖު ކޮށްފައެވެ. ކިނބިގަސްދޮށުގެ ސަރަހައްދަށް ގޮސް އަޑުގަދަކޮށް އެގެއާއި ހަވާލުވެއްޖެ ކަމަށް ބުނެ ޖާބިރު ވަނީ ވަނީ ކިނބިގަސްދޮށުގޭ ބޭރު ފާރުގައި ހުރި ވެޔޮތަކެއް ނޮޅައި، އެގޭ ނަން ފެންނަ ގޮތަށް ހަދާފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް"އަށް ވިދާޅުވީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. 

ފުލުހުން ވިދާޅުވީ މި މައްސަލަ އާ ގުޅިގެން ފުލުހުން ބަލަމުން އަންނަ ކަން ކަން ބަލަމުން އަންނަ ކަމަށެވެ. 

މި މަހުގެ 3 ވަނަ ދުވަހު ވެސް ޖާބިރު ވަނީ އިހުތިޖާޖެއް ކުރައްވާފައެވެ. ޖާބިރު އެ އިހުތިޖާޖު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާކުރިމަތީގައެވެ. ގަދަ ހޫނުގައި ގިނިކަންޏާ ޖާބިރު ކުރެއްވި މި އިހުތިޖާޖުގެ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.  

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް