ads
އިއްޔެ ބެއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
ބޮޑުފުޅަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފި
ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އއ. ބޮޑުފޮޅުދޫ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާ މަޝްވަރާކުރައްވައިފިއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އއ. ބޮޑުފޮޅުދޫ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާ މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި، ބޮޑުފޮޅުދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ހިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެއެވެ.

އެގޮތުން ރަށުގެ ފެނާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށާއި ބިންހިއްކުމާއި، ބަނދަރުގެ އެއްގަމު ތޮށީގެ މަރާމާތުގެ މަސައްކަތާއި، ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ކަންކަން ހިމެނެއެވެ.

އޭގެއިތުރުން ޒުވާނުންނަށް ބޭނުންވާ ބައެއް ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މަޝްރޫޢުތައް ހިންގައިދިނުމަށް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

އެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުފޮޅުދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.

އޭގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވިދާނެ މަޝްރޫޢުތަކާއި ބެހޭ މަޝްވަރާކުރެއްވުމުގެ އިތުރުން ބައެއް މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚްތައް ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫ ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި އިތުރުކަންކަމަށްވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް