ފެނަކަ ކޯޕަރޭޝަނުން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމަބަރު މަހު ފެށި މާމެންދޫ އިންޖީނުގޭގެ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާއިރު މި އިންގީނުގެއާއެކު އެރަށް ކަރަންޓު ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
އަލަށް ތަރައްގީ ކުރާ އިންގީނުގޭގެ ސަބަބުން މާމެންދޫގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް މެދުކެނޑުމެއް ނެތި ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށް ފެނައިން މައުލޫމަތު ދެއެވެ.
މާމެންދޫގައި އަޅާ އިންޖީނުގޭގެ މަސައްކަތުގެ އިތުރުން އެރަށުގައި އަޅާފައިވާ ކުރީގެ ކޭބަލް ނެޓްވޯކު ބަދަލު ކުރުމުގެ މަސައްކަތް ވެސް ފެނަކަ މާމެންދޫ ބްރާންޗުން ދަނީ ކުރަމުންނެވެ.