އެޕަލް
ކުޑަކުދީންނަށް ޖިންސީގޯނާ ކުރެވޭ މެޓީރިއަލް ދެނެގަނެވޭ ގޮތް އެޕަލްއިން ހަދަނީ
Share
ކަސްޓަމަރުންގެ ޑިވައިސްތަކުން ޗައިލްޑް ސެކްޝުއަލް އެބިއުސް މެޓީރިއަލް (ސީއެސްއޭއެމް) ދެނެގަނެވޭ ގޮތަށް ހަދާފައިވާ ސިސްޓަމާބެހޭ މައުލޫމާތު އެޕަލް ކުންފުނިން އާންމުކޮށްފިއެވެ.
Advertisement

އައި ކްލައުޑްގައި ފޮޓޯއެއް ރައްކާކުރުމުގެ ކުރިން، މިޓެކްނޮލޮޖީގެ ސަބަބަުން ކުރިންވެސް ސީއެސްއޭއެމް ގޮތުގައި ރައްކާކުރެވިފައިވާ މެޓީރިއަލްތަކާ އެފޮޓޯއެއް އެއްގޮތްތޯ ބެލޭނެއެވެ.

އެޕަލް އިން ބުނާ ގޮތުގައި ސީއެސްއޭއެމްއާ ދިމާވާ ފޮޓޯއެއް ފާހަގަ ކުރެވިއްޖެނަމަ އެސެސް ކުރުމަށްފަހު، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެމައުލޫމާތު ފޯރުކޮށްދޭނެއެވެ.

އެހެންނަމަވެސް މިޓެކްނޮލޮޖީގެ ސަބަބުން ބައެއްމީހުންގެ ސިއްރު މައުލޫމާތު ތަކާއި އާއްމުކޮށް ބޭނުންކުރުން މަނާ މެޓީރިއަލްތަކާއި، ސިޔާސީ ލިޔެކިއުންތަކުގެ ޕްރައިވެސީ ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ބައެއްފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ.

މީގެއިތުރުން ބާރުގަދަ ގައުމުތަކުން ޖާސޫސު ކުރުމުގެ ބޭނުމުގައި މި ޓެކްނޮލޮޖީ ބޭނުން ކޮށްފާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.

އެޕަލް އިން ބުނިގޮތުގައި އައި އޯއެސް އާއި އައި ޕެޑް އޯއެސްގެ އާވާޝަނެއް މިއަހރުގެ ފަހުކޮޅު ބާޒާރަށް ނެރޭނެއެވެ. އޭގެ ސަބަބުން ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަށް ބޭނުްނކުރެވޭ މެޓީރިއަލް ފެތުރުން މަދުކުރެވޭނެއެވެ. އަދި އޭގެ ޔޫޒާ ޕްރައިވެސީގެ މަސައްކަތްވެދަނީ ކުރަމުންނެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން ގެއްލުވާލައިފައިވާ ކުދިންގެ ޑޭޓާބޭސްގައި ހުރި ފޮޓޯތަކާއި ފޯނުގައި ބޭނުންކުރާ ފޮޓޯތަކާއި އަޅާ ކިޔޭނެއެވެ. 

އެޕަލްއިން ބުނާ ގޮތުގައި އެޑިޓް ކޮށްފައި ހުންނަ، އެއް ވާޝަންގެ އިމޭޖްތައްވެސް މި ޓެކްނޮލޮޖީން އަތުލައިގަންނާނެ ކަމަށެވެ. 

އެޕަލްއިން ބުނާގޮތުގައި މި ޓެކްނޮލޮޖީގެ އެކިއުރެސީލެވެލް ވަރަށް ރަނގަޅު ވާނެއެވެ. އެގޮތުން ނުބައިކޮށް ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނާނީ އަހަރަކު އެއްޓްރިލިއަން ކޭސްގެ ތެރެއިްނ އެންމެ ކޭސް އަކަށްވުރެވެސް މަދުންނަކަމަށެވެ.

އެޕަލްއިން ބުނާ ގޮތުގައި ރިޕޯޓްކުރެވޭ ކޭސްތައް މެނުއަލްކޮށް ބަލާނެއެވެ. އަދި އެކައުންޓެއް ބަންދު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގާނީ އޭގެ ފަހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް